ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ތުއްތު ކުދިންނަށް ފުރަތަމަ ދޭ ކާނާތަކުގެ ތެރެއިން އެންމެ މަގްބޫލް ބާވަތްތައް
އައިޝަތު ނާޒް
-
ދަރިފުޅަށް ހަމަސް ވުމުން މައިންބަފައިން އެންމެ ފުރަތަމަ ވެސް ވިސްނާނެކަމަކީ ދަރިފުޅަށް ދޭނެ ކާނާއަކާ މެދުއެވެ. ފުރަތަމަ މޭވާތޯ ނޫނީ ތަރުކާރީ ދޭންވީތޯ އުފެދޭސުވާލެވެ. ނުވަތަ ދޭންވީ ރައިސް ސީރިއަލްތޯ މިވެސް ބައެއް މައިން އުފައްދާ ސުވާލުތަކެވެ.

އެކްސްޕާޓުން ބުނާގޮތުގައި ދަރިފުޅަށް ފުރަތަމަ ކާންދިނުމުގައި ވަކި އޯޑަރަކުން ކާންދިނުމެއް ނޯވެއެވެ. އެހެން ނަމަވެސް ފުރަތަމަ ފަހަރަށް އެ ދޭ މޭވާއެއް ނުވަތަ ތަރުކާރީއެއް ތިން ދުވަސްވަންދެން ދިނުމަށް ބުނެއެވެ. ސަބަބަކީ އެހެން އެއްޗެއް ދިނުމުގެ ކުރިން އެލާޖިކްވޭތޯ ބެލުމެވެ.

އެހެންކަމުން މި ހިމަނާލަނީ މައިންގެ ތެރޭގައި އެންމެ މަގުބޫލު ކަމަށް ދަރިފުޅު ކާ ބައެއް ބާވަތްތަކެވެ. ދަރިފުޅަށް ހަމަސްވުމުން ދޭ ކާނާއަކީ ރަގަޅަށް މިކްސަރަކުން ހިމުންވެފައިވާ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި އެއަށް ގާތުންދޭ ކިރު، ފޯމިއުލާ ނުވަތަ ފެން އެޅުމަށްފަހުގައެވެ.

އެންމެ ފުރަތަމަ ކާންދޭ އިރު ދަރިފުޅަށް ދޭންޖެހޭ މިންވަރަކީ ސައި ސަމްސަލެއްގެ މިންވަރެވެ.

އެވަކާޑޯ

your image

އެވަކާޑޯއަކީ ދަރިފުޅަށް އެންމެފުރަތަމަ ދޭ ކާނާތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ގިނަ ކުދިން ކާއެއްޗެކެވެ.އެވަކާޑޯއަކީ އޭގައި ހެލްތީ ފެޓްސްއާއި ވިޓަމިންގެ އިތުރުން ފައިބާ ވެސް ހިމެނޭ އެއްޗެކެވެ. އެވަކާޑޯ ދޭއިރު އޭގެތެރެއަށް ބްރަސްޓް މިލްކް ނުވަތަ ފޯމިއުލާ މިލްކްގެ އިތުރުން ފެން ވެސް އެޅިދާނެއެވެ.

ކައްޓަކަ

your image

ކައްޓަލައަކީވެސް އެވަކާޑޯއާއެއްގޮތަށް ތަރި ލިބިފައިވާ ކާނާއެކެވެ. ކުޑަކުދިންގެ އެންމެ މަގުބޫލް އެއް ކެއުމެވެ. މިއީ ތަރުކާރީން ފަށަން ބޭނުންވާ ފަރާތަކަށް ވަރަށް ރަގަޅު ޗޮއިސްއެކެވެ.ކައްޓަލަ މަޑުކުރެއްވުމަށް ފަހު ހިމުންކޮށް ފުޑާލާށެވެ. އަދި ފުޑާއިރު ބްރަސްޓް މިލްކް ،ފޯމިއުލާ ނުވަތަ ފެންވެސް ބޭނުންކުރެވިދާނެއެވެ. ކައްޓަލައަކީ ވިޓަމިނުން ފުރިގެންވާ ތަރުކާރީއެކެވެ.

ދޮންކެޔޮ

your image

ގިނަ މައިން ފުރަތަމަ ކާނާއަކަށް ގިނައިން ބޭނުންކުރަނީ މޭވާއެވެ. އެގޮތުން ދޮންކެޔޮލަކީ މަޑުއެއްޗަކަށްވުމުން ހިމުން ކުރުމަށް ފަސޭހަވެއެވެ. ނަމަވެސް ބައެއް ކުދިންނަށް ދޮންކެޔޮ ދިނުމުން ފާޚާނާކުރަން އުދަގޫވެއެވެ. އެހެންވެއްޖެނަމަ އެވަކާޑޯއެއް ނުވަތަ ޕެއާސް އެއް ދިނުން ބުއްދިވެރިއެވެ.

ޕެއާސް

your image

ޕެއާސްއަކީ ފޮނިއެއްޗަކަށްވެފައި ދޮންވުމުން މަޑުވެސް އެއްޗެކެވެ. ހަޖަމްކުރުމުގެ މައްސަލަ ހުންނަ ކުދިންނަށް ޕެއާސްއަކީ ދިނުން ރަގަޅު އެއް މޭވާ ކަމަށް އެކްސްޕާޓުން ބުނެއެވެ. ދޮންވެފައިވާ ޕެއާސްއެއް ސްޓީމް ކުރުމަށް ފަހު ހިމުންކޮށް ފުޑާލާށެވެ. އަދި ފުޑުމުގައި ފޯމިއުލާ އަދި ބްރަސްޓް މިލްކް ވެސް ބޭނުން ކުރެވިދާނެއެވެ.

ޕީސް

your image

ޕީސް އަކީ ފެހިކަން ގަދަ ތަރުކާރީއެކެވެ. ބްރޮކަލީ ގްރީން ބީންސްގައި ހުންނަ ރަހަޔާ މުޅިންތަފާތު މީރު ރަހައެއް ހުންނަ ޕީސްއަކީ އޭގައި ފޮނިކަމެއް ހުންނަ ވަރަށް މީރު ތަރުކާރީއެކެވެ. މިއީ ދަރިފުޅަށް ދޭ ފިންގާ ފްޑްސްތަކުގެ ތެރޭގައި ވެސް ހިމެނުމަށް ވަރަށް ރަގަޅު ތަރުކާރީއެކެވެ.

އޯޓްމީލް

your image

މިވެސް ތަފާތު ގިނަ ގައުމުތަކުގައި ކުޑަކުދިންނަށް ކާން ދިނުމަށް މައިންގެ މެދުގައި މަގުބޫލް އެއްބާވަތެވެ. ސީރިއަލް އަކީ އޭގައި ގިނައިން ނިއުޓްރިޝަސް ހިމެނޭ ކާނާއެކެވެ. ތައްޔާރުކުރުމުގައި ބްރެސްޓް މިލްކް އަދި ފޯމިއުލާ ނުވަތަ ފެން ބޭނުން ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
70.588235294118%
އުފާވި
11.764705882353%
ދެރަވި
0%
ރުޅިއައި
17.647058823529%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
އަހޫ
2021-02-17 09:54:24
އަކުރުތައް އެކުވެފަ ހުރުމުން ކިޔާލާކަށް ފަސޭހަ އެތް ނޫން
ފަހުގެ ހަބަރު