ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކަންނެތް މީހުން ހިކުމަށް ބޭނުންކުރާ ސިއްރުތައް
އައިޝަތު ނާޒް
-
މިހިމަނާލަނީ ކަންނެތް މީހުން ހިކެން ގެންގުޅޭ 7 އުކުޅެވެ.

ކެއުމުގައި ހައިޕްރޮޓީން ބްރެކްފާސްޓް ބޭނުން ކުރުން

ކެއުމުގައި ހައި ޕްރޮޓީން ބްރެކްފާސްޓް ބޭނުންކުރުމުން ކާހިތްވާލެއް މަދުވެ ކެލޮރީސްތައް މަދުން ބޭނުންކުރެވެއެވެ.

your imageހައި ޕްރޮޓީން އެކުލެވޭ ނާސްތާއެއް

ހަކުރު އެކުލެވޭ ބުއިންތަކާ އަދި ފްރުޓް ޖޫސް ހުއްޓާލާ

ހަކުރަކީ ހަށިގަނޑު ލުއިކޮށްދޭން ބޭނުންނަމަ އެއްގޮތަކަށް ވެސް ބޭނުން ކުރަންވީއެއްޗެއް ނޫނެވެ.

your imageހަކުރު ހިމެނޭ ބައެއް ބުއިންތައް 

ކެއުމުގެ ކުރިން ފެންބުއިން

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގެ ކުރިން ފެންބުއިމުން ކެލޮރިން އިންޓޭކް ކުރާވަރު ދަށްކޮށްދެއެވެ.

your imageކެއުމުގެ ކުރިން ފެން ބުއިމަކީ މުހިއްމު ކަމެއް

ކެއުމުގައި ބަރުދަން ލުއިކޮށްދޭ ކާނާ ކާށެވެ. އެގޮތުން ސޫޕް، ސެލެޑް ، ޗިކެން ބްރެސްޓް،ޓޫނާ، ބިސް، ތަރުކާރީއާއި މޭވާ ހިމެނިދާނެއެވެ.

your imageހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ

ކޮފީ ނުވަތަ ސައި ބޭނުން ކުރުން

ކޮފީއާއި ސަޔަކީ މެޓަބޮލިޒަމް ރަގަޅުކޮށްދޭ ބުއިންތަކެކެވެ. 

your imageކޮފީ އާއި ސައި ބޭނުން ކުރުމުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުން ނުވަތަ ހަކުރު ބޭނުން ނުކުރުން ރަގަޅު

ލަސްލަހުން ކެއުން 

ލަސްލަހުން ކެއުމުން ބަނޑުފުރޭގޮތް އަވަސްވެއެވެ.މިއީ އަވަހަށް ކާ މީހުން ތަޖުރިބާ ކުރަން ރަގަޅު ކަމެކެވެ.

your imageލަސްލަހުން ކެއުމުން ހަޖަމްކުރަން ފަސޭހަވޭ

އަރާމު ނިންޖެއް ނިދާށެވެ.

ނިދުމަކީ އޭގައި ވަރަށްގިނަ ފައިދާތަކެއް ހިމެނޭކަމެކެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ފަލަވުމަށް ދިމާވާ އެއް ސަބަބަކީ ރަގަޅު ނިދި ނުލިބުމެވެ.

your imageމަދުވެގެން 8 ގަޑި އިރު ނިދުމަކީ
މުހިންމުކަމެއް

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު