ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުން
ޓީމް ދި ސްޓަރ
-
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބައިނަލް އަޤްވާމީ ދަތުރުފަތުރަކީ ވަކިކުރެވޭވަރަށް ވުރެ މާ ބޮޑަށް ލާމެހިފައިވާ ދެ ޞިނާއަތެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެއްޓުމަށް މަގު ފަހިވީ 12 އެޕްރީލް 1966 ގައި ހުޅުލޭ އެއަރޕޯޓް ހުޅުވުމުންނެވެ. އޭގެ ކުރިން އެ ރަށުގައި އޮތީ އިގިރޭސީން އަޅާފައިވާ ދަގަނޑު ފިލައިގެ ކުޑަ ރަންވޭއެކެވެ. (1) އެހެންކަމުން ރާއްޖެއަށް ބޭރު މީހުނ ދަތުރުކުރުމަށް އެއިރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބައިނަލް އަޤްވާމީ ދަތުރުފަތުރަކީ ވަކިކުރެވޭވަރަށް ވުރެ މާ ބޮޑަށް ލާމެހިފައިވާ ދެ ޞިނާއަތެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެއްޓުމަށް މަގު ފަހިވީ  12 އެޕްރީލް 1966 ގައި ހުޅުލޭ އެއަރޕޯޓް ހުޅުވުމުންނެވެ. އޭގެ ކުރިން އެ ރަށުގައި އޮތީ އިގިރޭސީން އަޅާފައިވާ ދަގަނޑު ފިލައިގެ ކުޑަ ރަންވޭއެކެވެ. (1)  އެހެންކަމުން ރާއްޖެއަށް ބޭރު މީހުނ ދަތުރުކުރުމަށް އެއިރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ. 

ހުޅުލޭގައި ހެދި ފުރަތަމަ ހަޤީޤީ އެއަރޕޯޓަކީ މާލެއާއި އަތޮޅުތެރޭގެ ރައްޔިތުންގެ އަމިއްލަ މަސައްކުން އަމިއްލަ ތަކެތީގައި އަމިއްލަ އަތުން ހެދި ތާރުއެޅި ރަންވޭއަކާއި އޮފީހެކެވެ. އެއީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް މިގޮތަށް އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ކުރެވުނު އެންމެ ބޮޑު ރައްޔިތު މަސައްކަތެވެ. ފަތުރުވެރިން އިތުރުވެ އެއަރޕޯޓު ކުޑަވުމާ ގުޅިގެން އެތަން ބޮޑު ކުރަން  މަޝްރޫއުއެއް ހިންގުނެވެ. އެއީ 70 އިގެ އަހަރުތައް ނިމުނު ހިސާބުގައެވެ.  ބޮޑުކުރުމަށްފަހު މާލޭ އިންޓަރެޝަނަލް އެއަރޕޯޓުގެ ނަމުގައި އަލުން އެ ތަން ހުޅުވުނީ 11 ނޮވެމްބަރު 1981 ގައެވެ. 

1966 ގައި ފުރަތަމަ އެއަރޕޯޓު ހުޅުވުނު ފަހުން ދޭތެރެދޭތެރެއިން ސިލޯނުގެ މަތިންދާބޯޓުތައް އައިސް ގޮސްވިއެވެ. ރާއްޖެއަށް ފުރަތަ ޝެޑިއުލް ފްލައިޓްތައް ފެއްޓީ އެއަރ ސިލޯނުން އެއަރޯ މަތިންދާބޯޓެއް ބޭނުންކޮށްގެން  23 މޭ 1972 ގައެވެ. އެއަރ ސިލޯނުގެ ދަތުރުތައް އޭރު ކުރީ ދެ ހަފުތާއިން އެއް ހަފުތާގައެވެ. އެ ހިސާބުން ފެށިގެން މަދުމަދުން ޓުއަރިސްޓުން އަންނާން ފެށިއެވެ.

ރާއްޖެއަށް ބޭރުގެ ޓުއަރިސްޓް އެޖެންސީއަކާ ގުޅިގެން އައި ފުރަތަމަ ފަތުރުވެރީންގެ އޮޅި އައީ ޝެޑިއުލް ދަތުރުތައް ފެށުމުގެ 3 މަސް ކުރީންނެވެ.  ރަސްމީކޮށް ޤަބޫލުކުރާ ގޮތުން ދިވެހިރާއްޖެއަށް އައި ފުރަތަމަ ޓުއަރިސްޓަކީ އިޓަލީގެ ރައްޔިތެއްކަމުގައިވާ މރ. ޖޯރޖް ކޯބިންއެވެ. އޭނާ އައީ އިޓަލީގެ އެޖެންޒިއާ ވިއާޖި ސެސްޓޯ ކޮންޓިނެންޓޭ (އިނގިރޭސި ބހުން ނަމަ ޓުރެވަލް އެޖެންސީ ސިކްސްތު ކޮންޓިނެންޓް) އިން ފޮނުވި ގްރޫޕެއްގެ އާރުކާޓީއަކަށެވެ. އެ ގްރޫޕް ރާއްޖެއަށް އައީ 26 ފެބުރުވަރީ 1972 ގައެވެ. 

އެއިރު ރެސޯރޓެއް ނެތުމުން ރާއްޖެއައި ފުރަތަމަ ޓުއަރިސްޓުން ތިބީ މާލޭގެ ވަރަށް އާދއިގެ ފެންވަރުގެ ދެ ތިން ގެސްޓް ހައުސްއެއްގައެވެ. ފަތުރުވެރިންގެ ތެރޭގައި ގިނައީ ފޮޓޯ ނަގާމީހުންނާއި ނޫސްވެރީންނެވެ. އެ މީހުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކާއި ފީނުމުގެ ފރުސަތުތައް ފެނުމުން ރާއްޖެއާ މެދު ވަރަށް ގަޔާވިއެވެ. އެ ދަތުރަށްފަހު ކޯބިން ފުރީ ރިސޯރޓެއް ހެދިއްޖެނަމަ އެތަން ފުރޭހާ ފަތުރުވެރިން ގެނެސްދޭނެކަމަށް ވައުދުވެފައެވެ. ރިސޯރޓެއް ހެދުމުގެ ޚިޔާލު އުފަންވީ މިހާ ހިސާބުންނެވެ. 

ދިވެހިރާއްޖޭގައި ފުރަތަމަ ޓުއަރިސްޓ ރެސޯރޓެއް ހުޅުވުނީ ވިހަމަނާފުށީގައި 3 އޮކްޓޯބަރު 1972 ގައެވެ. އެއީ މަޝްހޫރު ކުރުނބާ ވިލެޖެވެ. (3)   އެ ތަނަކީ ކޮލި މުހައްމަދު އުމަރު މަނިކާއި ކެރަފާ އަހުމަދު ނަސީމް ހިއްސާވި މިއުމަން (މިއުމަން އަކީ އެ ދެ ބޭފުޅުންގެ ނަމުގެ ރަމްޒެއް) ޓުއަރިސްޓް އެޖެންސީއިން ހުޅުވި ތަނެކެވެ. ދެވަނަ ރެސޯރޓަކަށް ހުޅުވުނީ  10 ޑިސެމްބަރު 1972 ގައި ބަނޑޮސް އައިލޭންޑް ރިސޯރޓެވެ. (4)  އެއީ އިބުރާހިމް ނާސިރުގެ ކްރެސެންޓް ޓުއަރިސްޓް އެޖެންސީއިން ހުޅުވި ތަނެކެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ ކުރިއެރުމަށް އެހީތެރިވި އެއް ކަމަކީ އައްޑުއަތޮޅު ގަމުގައި އިނގިރޭސީންގެ ދަށުން ތަމްރީނު ލިބިފައި ތިބި މީހުން ތިބިކަމެވެ. 1976 ގައި އިނގިރޭސީން ދިޔުމާ ގުޅިގެން އެ މީހުން މާލެއަށް ހިޖުރަކުރިއެވެ. ގިނަ ބަޔަކު ރެސޯރޓު ވަޒީފާތަކަށް ދިޔައެވެ. އަދި ބައެއް މީހުން އިންވެސްޓަރުންނަށް ވެސް ވިއެވެ. އެއިރުގެ ބައެއް އިންވެސްޓަރުން މިހާރުވެސް ފަތުރުވެރިކަމުގައި މުހިންމު ދައުރެއް ކުޅެއެވެ. 

މި އާދައިގެ ފެށުމުން ފެށިގެން މިހާރު ދިވެހިރާއްޖެވަނީ ދުނިޔޭގެ އެއްމެ މަތީ ފަންތީގެ މަންޒިލުތަކުގެ ކުރިބޯށްޓާ ހަމައަށް ވާސިލުވެފައެވެ. 1960 އިގެ އަހަރު ތަކުގެ ތެރޭގައި އައި ޔޫ.އެން.ޑީ.ޕީ. ކޮންސަލްޓަންޓަކު ފަތުރުވެރިކަމުގެ ފުރުސަތެއް ނެތްކަމަށް ބުނެފައިވާ މި މަންޒިލަށް މިހާ ހިސާބަށް އާދެވުމަކީ ލާމަސީލު ކާމިޔާބީގެ ވާހަކައެކެވެ.

މައުލޫމާތު:ޑރ. އަބްދުﷲ ވަހީދު

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު