ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ބޭއަދަބީ ބަހުން މުޚާތަބުކުރެއްވި މައްސަލައިގައި ނަސޭހަތްދީފި
އައިޝަތު ނާޒް
-
ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައެއް މެމްބަރުންނަށް އަމާޒުކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ ބޭއަދަބީ ބަހުން މުޚާތަބުކުރެއްވި މައްސަލައިގައި ނަޝީދަށް ނަސޭހަތްތެރިވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސް އެޕް ގްރޫޕްގައި މަޖިލީހުގެ ރައީސްއަށެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންނަށް އަމާޒުކޮށް ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ ބޭއަދަބީ ބަހުން މުޚާތަބުކުރައްވާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ ކ. ގައިވާ ގޮތުގެ މަތިން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ލަފާއަރުވާފައިވާކަމަށެވެ.

"މެމްބަރު މަޖިލީހުގެ ގަވާއިދުގެ 66 ވަނަ މާއްދާގެ ހ. ގައިވާ ގޮތުގެމަތިން މަޖިލީހުގެ ކަރާމާތާއި ޝަރަފާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި މިފަދަ ކަމެއް ތަކުރާރުނުކުރުމަށް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް ނަސޭހަތްތެރިވަން. އަދި އެލިޔުން އަޅުގަނޑު މެމްބަރަށް ފޮނުވާނަން." 
މަޖިލީހުގެ ރައީސް މުހައްމަދު ނަސީދު
ކިޔުންތެރިންގެ ހިޔާލު
50%
އުފާވި
0%
ދެރަވި
0%
ރުޅިއައި
50%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު