ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މީއީތޯ ހޯދަދޭން ވައުދުވި ތާހިރު ފުދުންތެރި ދިރިއުޅުމަކީ؟
އައިޝަތު ނާޒް
-
މިއީ އާންމު ރައްޔިތަކު ސަރުކާރުގެ އިސްވެރިންނާއި އަދި ދައުލަތުގެ ބައެއް ވުޒާރާތަކާއި ކޮށްފައިވާ ސުވާލެކެވެ. މިސުވާލާއެކު އޭނާވަނީ ޓްވިޓާގައި ގެދޮރުނެތި މަގުމަތިވެފައިވާ ޒުވާނުންތަކެއްގެ ފޮޓޯވެސް އާންމުކޮށްފައެވެ.

އާރު އެލްސީ އަހްމަދު ކިޔާ އެކައުންޓަކުން ޓްވިޓާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ދުވަހަކުވެސް ރައްޔިތުން މިހާވަރަށް ނިކަމެތިވެ، ބިކަވެ ހާލުގައި ޖެހިފައިނުވާކަމަށެވެ. އަދި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މާލޭ މޭޔަރު ޝިފާ ޓެގްކުރުމަށްފަހު ފޮޓޯއިން ފެންނަ މަންޒަރަކީ ރައްޔިތުންނަށް ވައުދުވި ތާހިރު ފުދުންތެރި ދިރިއުޅުންތޯ ސުވާލުކޮށްފައެވެ.

އަހްމަދުގެ މި ޓްވީޓަށް ރައްދުދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ މާލެއަށާއި ރާއްޖެއަށް ބޭނުން ވަނީ މިފަދަ ކަން ކަމަށް ހައްލު ހޯދައިދޭނެ މީހެއްކަމަށާއި މިހާރު މިފެންނަ މަންޒަރަކީ އެމްޑީޕީގެ ވެރިކަމެއްގައި ފެނިގެންދާނެ ތަރައްގީ ކަމަށެވެ.

މާލޭ ސިޓީގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަރާތްތަކަށް ގުޅީ ފަޅުގައި ވަނީ ފެސިލިޓީއެއް ހަދާފައެވެ. މަގުމަތި ވެފައިވާ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީ އިން ވަނީ މިދިޔަ އަހަރު ފަހުކޮޅު ފަށާފައެވެ. މިނިސްޓްރީން ބުނެފައިވަނީ އެ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަނީ ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ނެރެނު ބަޔާނެއްގައި ވަނީ، ސަރުކާރުން އެ ފަދަ ޕްރޮގްރާމެއް އިޢުލާން ކުރުމުން ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއި ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭ ގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
100%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު