ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
އައިޝަތު ނާޒް
-
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއިން އިސްނަގައިގެން މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމުގެ ވޯޓް ނެގުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ 10 މެންބަރުންގެ ސޮޔާއެކުއެވެ.

your image

ޒަހާގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި ވަނީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި މަސްވެރިންނަށް ވުޒާރާއިން ދޭން ޚިދުމަތްތައް ދިނުމުގައި ލަސްވުން ފަދަ ކަންކަން ކުރިމަތިވާކަމަށާއި މަސްވެރިކަމާ ގުޅޭ ވައުދުތައް ނުފުއްދައި މިނިސްޓަރުގެ ހައިސިއްޔަތުން ޒަހާ އަދާ ކުރައްވަން ޖެހޭ ޒިންމާތައް އަދާ ނުކުރައްވައި އެ މަގާމުގައި އެކަމަނާ ހުންނެވުމަކީ މަސްވެރި އާއިލާތަކަށް އިތުރު ނިކަމެތިކަން އަންނާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަޒުލް
2021-03-11 01:00:44
މީނާގެ މައްސަލަ މިވައްދަން ޖެހުނީ ހަމަ ކަންކަން ނުކުރެވޭތީ. މިއީ އެމްޑީޕީގެވެސް އެދުމުގެ މަތިން ކުރި ކަމެއް
ފަހުގެ ހަބަރު