ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މުޙައްމަދު މަލީހް ޖަމާލް
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރުވުމަށް މަލީހަށް އަންގައިފި
އައިޝަތު ނާޒް
-
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހާޒިރުވުމަށް އެދި މަލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހަށް އޭނާ ހާޒިރުވެވަޑައިގެންނެވި ދުވަހުވަނީ މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރައްވައި ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ. އެގޮތުން މަޖިލީހުގެ މެންބަރުން އޭނާއަށް ބިރު ދައްކާ ކަމަށް ވިދާޅުވެ ވަޒީރުންގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުގެ ތެރެއިން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މިގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއަށް މަޖިލީހުގެ ތެރެއިން ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކެވިއެވެ.

މަލީހުގެ މިވާހަކަ ތަކަށް ރައްދުދެއްވަމުން މަޖިލީހުގެ ސުލޫކު ކޮމިޓީއަށް މައްސަލަ ފޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި ކޮމިޓީއަށް ފޮނުވާ އެމައްސަލަބަލައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަމަށްވާ ނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިމްތިޔާޒް ކޮމިޓީއާއި ގުޅޭ މައްސަލައެއްގައި ސިޓީއެއް ފޮނުއްވުމަށް މަޖިލީހުގެ އިދާރާއިން ގުޅިކަމަށެވެ. އެހެންނަމަވެސް ޖަވާބުގައި މަޖިލީހަށް މަލީހް ފޮނުއްވި 2 ސިޓީގެ ޖަވާބު ނުލިބޭކަމަށް ވިދާޅުވިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
100%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު