ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލައަކީ ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ހުށެހަޅައިން އުޅޭ ކަމެއް-އެމްއާރްއެމް
އައިޝަތު ނާޒް
-
ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތު ދެއްވާފައިވާއިރު އެކަމާއި ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ތިބުމަކީ އެމްއާރުއެމުން ކަންބޮޑުވާކަމެއް ކަމަށް ބުނެފިއެވެ.

ފިޝަރީޒް މިނިސްޓަރ ކަމުގައި ހުންނެވި ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް)އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުވުމާ ދެކޮޅަށް ކުރާ މަސައްކަތެއްކަމަށެވެ.

މިމައްސަލައިގައި އެމްއާރުއެމުން ނެރުނު ބަޔާނުގައި މިނިސްޓަރ ޒަހާއާއި ގުޅިގެން އިދިކޮޅުފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައަކީ  އެއްވެސް އަސާސެއްނެތް ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ދެކޭކަމަށްވެސް އެބަޔާނުގައި ބުނެފިއެވެ. އަދި މިނިސްޓަރ އަކީ މެރިން ބައޮލޮޖީން އަދި އޯޝަންގްރޮފީ ދާއިރާއިން ޖޮއިންޓް އޮނާރސް ޑިގްރީ ފުރިހަމަކުރައްވާ، މެރިން ސައިންސް (ފިޝަރީޒް ރިސޯސް މެނޭޖްމަންޓް) ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވައި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ.ބޭކަބަލެއްކަމަށެވެ.އަދި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން 20 އަހަރަށްވުރެ ގިނަ ދުވަސްވެފައި އޮތް މަސްވެރިކަމުގެ ޤާނޫނު ޒަމާނީ ޤާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލައްވައި ކޮވިޑްގެ ހާލަތުގައި ވެސް އިގްތިޞާދީ މުހިންމު ސިނާޢަތްތައް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވިކަމަށެވެ.

"ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތު ދެއްވާފައިވާއިރު އެކަމާއި ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ތިބުމަކީ އެމްއާރުއެމުން ނުހަނު ކަންބޮޑުވާކަމެކެވެ.އަދި މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުވުމާ ދެކޮޅަށް ކުރާ މަސައްކަތެކެވެ." އެމްއެމްއާރު އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު