ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އަންބަރާއަށް ދިޔަ މީހުންނަށް މަސްތުވާތަކެތީގެ ތުހުމަތެއް ނުކުރޭ
އައިޝަތު ނާޒް
-
ވ. އަންބަރާއަށް ދިޔަ 95 މީހުންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުވެސް ނުކުރެއެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި އަންބަރާއަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުވެސް ނުކުރެވޭ ކަމަށެވެ.

އަދި އެމީހުން ޖޫރިމަނާ ކުރީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި އެރަށަށް ދިޔުމާއި އުޅަނދުތަކުގައި ހުއްދަ ކޮށްފައިވާ ވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަކީ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރި މައްސަލަ އެވެ. 

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ބޭނުން ކުރިކަމަށް ތުހުމަތު ނުކުރެވޭކަމަށާއި އެކަމަށް ޓެސްޓު ނުކުރެވޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު