ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އެދެނީ މި ފިކުރުގެ އެންމެން އަޅުގަނޑުގެ ފަހަތަށް އައުން- އުމަރު
އައިޝަތު ނާޒް
-
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އެދެނީ މި ފިކުރުގެ އެންމެން އުމަރުގެ ފަހަތަށް އެރުންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ ޖަޒީރާ ނިއުސް އިން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީން އަދި ރައީސް މައުމޫންއާއި ވެސް ގުޅުން ރަގަޅުކަމަށާއި އެހެންނަމަވެސް ރައީސް މައުމޫންގެ ފަރާތުން ޢައްސާން މައުމޫން ވާދަކުރެއްވިނަމަވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި އެދެނީ ފިކުރުގެ އެންމެން އޭނާގެ ފަހަތަށް އެރުންކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ދެ އާއިލާއަކަށް ވާރުތަނުވާނެ ކަމަށް ވިދާޅުވަމުން އުމަރުވިދާޅުވީ އުމަރުއަށް ރާއްޖެ ޓްރާންސްފޯމް ކުރަން ފުރުސަތު ލިބިއްޖެނަމަ މުޅި ގައުމު ބަދަލުކޮށްލާނެ ކަމަށާއި އެގޮތުން ކޮރަޕްޝަނާއި މަސްތުވާތަކެތި ފުނޑުފުނޑުކޮށްލާނެ ކަމަށެވެ.އަދި ގޯސްކޮށް ގައުމުގައި ހުރި ހުރިހާކަމެއް ބަދަލުކޮށް 25 އަހަރު ތެރޭގައި ގައުމު ތަރައްގީ ކޮށްލާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން ބޮލަކަށް 60،000 ޑޮލަރު ޖެހޭ ހިސާބަށް ގައުމު ގެންގޮސްދޭނެ ކަމަށެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނާ ބިނާކުރުމަށް. ހީވާގި މުރާލި ތައުލީމީ ބަޔަކަށް ހެދުމަށް ބޮޑު ޚަރަދެއް ކުރާނަން. ބަނދަރު ހެދުމާއި ބިންހިއްކުމަށްވުރެ މިކަންތައްތަކަށް އިސްކަންދޭނަނަ. ކުޑަރިކިލު ބިން ހިއްކުމަށްވުރެ ކުޑަރިކިލުގެ ކޮންމެ ގެއެއްގައި މަތީތައުލީމް ހާސިލްކޮށްފައި ހުތި މީހަކު ހުރުން ނުވަތަ ހުނަރު ހުރި މީހަކު ހުރުން މާރަގަޅު." އުމަރު ވިދާޅުވިއެވެ.

 ދާދިފަހުން އުމަރު އިސްކޮށް ހުންނަވައިގެންވަނީ ސިޔާސީ ދާއިރާގައި އުޅުއްވާ ބައެއް ފަރާތްތަކާއި އެކު ދިވެހި ނޭޝަނަލް އެކްޝަނެއް އުފައްދާފައެވެ. އަދި ޑީއެންއޭގެ އެންމެ ބޮޑު އަމާޒަކީވެސް ގައުމު އަލުން އާރާސްތުކުރުން ކަމަށް އުމަރުވަނީ ޑީއެންއޭ އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައިވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު