ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މަގުމަތީ މަސްތުވާތަކެތި ވިއްކާ ކުޑަ ކުދިން ތިބުމަކީ ކީރިތިކުރައްވަންޖެހޭ ކަމެއް ނޫންބާ؟
އައިޝަތު ނާޒް
-
މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ރާއްޖޭގެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލަ ހައްލުކުރުމަށް އެކި ވުޒާރާތަކާއި އެކި ނަންނަމުގައި ޖަމްއިއްޔާތައްވެސް އުފެދިފައިވެއެވެ. އެހެންނަމަވެސް މިމައްސަލައަކީ ހައްލުނުލިބި ރާއްޖޭގައި ކުރިއަރަމުން އަންނަ އެއްމައްސަލައެވެ.

މި ހިމަނާލަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ "ހޭންޑްސް ޓުގެދާ" އިން ކޮށްފައިވާ ޓްވީޓެކެވެ. އެޖަމްއިއްޔާއިން ކޮށްފައިވާ ޓްވީޓްގައި ވަނީ 11،12 އަހަރާ ދެމެދު ކުދިން ސްކޫލަށް ގޮވައިގެންދާއިރު އެ އުމުރުފުރައިގެ އެހެންކުދިން މަގުމަތީގައި މަސްތުވާތަކެތި ވިއްކަންތިބޭތަން އިންތިހާއަށް ފެންނަމުން ދިއުމަކީ މިއަދު ކީރިތި ކުރައްވަން ޖެހިވަޑައިގަންނަވަންޖެހޭ ކަމެއްނޫންތޯ ސުވާލުކޮށްފައެވެ. އަދި އެ ސުވާލު އަމާޒްކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގްކޮށް އެމަނިކުފާނަށެވެ.

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު