ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަގޭ ފްލެޓަށް ވީގޮތް އެނގޭ:ރައީސް ނަޝީދު
އައިޝަތު ނާޒް
-
ކޮބާ މަގޭ ފްލެޓް؟ މިސުވާލްގެ ޖަވާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަގޭ ފްލެޓަށްވީ ގޮތް އެގޭ ކަމަށާއި ހުރިހާވެސް މައްސަލައަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ފުލެޓު ލިސްޓުގައި ހިމެނުއްވުމަށް 1974 މީހަކު މާލޭގެ އެތައް މިތަނުގައި ރަޖިސްޓަރީކުރެއްވުން ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލު ގޮނޑިއަށް ވާދަކުރައްވާ ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުޅުމާލެއިން 2 މިލިއަން އަކަމީޓަރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަކޮށްފައިވާ ކަމަށެވެ. އެގޮތުން މަސައްކަތް ނުކުރެވި ލަސްވެގެންދާ ތަންތަން ގިނަ އަދަދަކަށް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

މާލެއަށާއި ހުޅުމާލެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަތައްކަމަށާއި އެމްޑީޕީ ނޫން ބަޔަކަށް އަޅަންބުނި ފުލެޓު އެޅިފައިނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
33.333333333333%
ދެރަވި
66.666666666667%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ސާލިހު
2021-03-13 07:21:26
މިކިޔަނީ ކީކޭތަ! ފުލެޓުތަށް ލިޔައޮތީ ފެންފޮދަކާވެސް ނުލާ ދިރުވާލާފަ! ކައުންސިލު އިންތިހާބު ކާމިޔާބު ނުވާނެކަން ކަށަވަރު ވުމުން ދެން ހޯއްގޮވާ.
ބޯބެ
2021-03-12 23:09:02
ކަލޯގަޔާ!! މަގޭ ފްލެޓަށްވީގޮތް ކަލެއަކަށް ނޭގޭނެ!! މުއިއްޒު ކާލީކީ ނޫން.. މުއިއްޒު ދިނީ އެ ސަރުކާރުން ޚަނޑައެޅި ކްރައިޓީރިއާއަށް!! ނަމަވެސް ކަލޭމެން އައިސް ކަލޯމެން ދިން ޢެއްޗަކަށް ޙަދަންވެގެން ކްރައިޓީރިއާ އަށް ބަދަލުގެނެސް މީހުންގެ ޙައްގު ނިގުޅައިގަތީ! ކާކަށް ޢޮޅުވާލަނީ!! ހެކި ދައްކަބަލަ!! އަހަުރެމެން ޙެކި ދައްކާނަން!!
ީީިއިޝާން
2021-03-12 21:35:46
ކޮބާ ކަލޭ އަހަރުންނައް ދޭން ތިއުޅޭ ފުލެޓް... ކޮބާ ލިސްޓް ؟؟
ފަހުގެ ހަބަރު