ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސޯޝަލްމީޑިއާ
ގައިދުރުކަމެއްނެތި އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތަށް އެޗްޕީއޭއިން ވަނީ ހުއްދަދީފައި
އައިޝަތު ނާޒް
-
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތް ބާއްވާފައިވަނީ އެޗްޕީއޭގެ ހުއްދައާއި އެކުކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ޓްވިޓާގައި ބުނެފައިވަނީ ހުޅުމާލޭގެ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަކީ އެޗްޕީއޭއިން ހުއްދަ ލިބިގެން ބޭއްވި ހަރަކާތެއްކަމަށެވެ.

ހުޅުމާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްވެސް ވަރަކަށް ގައިދުރުކަމެއް ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފޮޓޯތަކެއްވެސް ދައުރުވަމުންނެވެ. މިއަދުގެ މި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

your image

your image

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު