ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށް ނެރުނު އިޞްލާޙެއްނަމަ ބާޠިލްކުރާކަށްނުޖެހޭނެ
އައިޝަތު ނާޒް
-
ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިނުމަށްފަހު އެ އިސްލާހު ބާތިލުކޮށްފި އެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ  އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް  އުވާލަން ނިންމައިފައިވާ ކަމަށެވެ.

އެޗްޕީއޭއިން އާންމުކުރި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" ގައި ބުނެފައިވަނީ ކަރަންޓީނުވުމަކާ ނުލައި ކުރުމުއްދަތަށް (ފަސް ދުވަހަށް ވުރެ ދިގު ނޫން) އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާ ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭގެ މި ޓްވީޓަށްވަނީ އާންމުންގެ ނުރުހުން ރައްދުވެފައެވެ. އެގޮތުން އެޗްޕީއޭގެ ޓްވީޓަށް ރައްދުދިން ސާދިހް ނަސީރު ޓްވިޓާގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށް ނެރުނު އިޞްލާޙެއްނަމަ ބާޠިލްކުރާކަށްނުޖެހޭނެކަމަށެވެ.

އެޗްޕީއޭގެ މިޓްވީޓަށް ރައްދުދިން އެހެންމީހަކު ބުނެފައިވަނީ ރައްޔިތުން ކަންބޮޑުވީ އެޗްޕީއޭއިން އިން ސިޔާސީ އަމުރަކަށް ތަބާވީމަކަމަށާއި އަނެއްކާ ވެސް ސިޔާސީ ޕްރެޝަރަށް ހަމަ އެ މާއްދާ އުވާލަން ޖެހުނީ ކަމަށެވެ.އަދި ސިޔާސީ މީހުންނަކީ ސިއްހީ ދާއިރާގެ އެންމެންގެ ހަލާކު ކަމަށްވެސް ބުނެފައިވެއެވެ.

 


ކިޔުންތެރިންގެ ހިޔާލު
25%
އުފާވި
25%
ދެރަވި
50%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ކޯވިޑް
2021-03-13 07:16:50
ކޮވިޑް ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވީމަދޯ. އެހެންވީމާ ގައިޑްލައިނުގައި ލިޔެބަލަ ރީނދޫ ޕާޓީގެ މީހިން ނޫން މީހުންނަށް ގެއިން ބޭރަށް ނިކުތުމަކީ މަނާކަމެކޭ. އަންތަރީސް ވެދާނެ
ސާލިހު
2021-03-13 07:11:06
އެޗުޕީއޭ އޮތީ ސަރުކާރުގެ ނަޖިހުން ހަރާބުވެފައިކަން މިހާރު ބު ނެދޭކަށް ނުޖެހޭނެ. މި ނެރުނު ދެ އިސްލާހުން މިކަން ކަށަވަރު. އެޗްޕީއޭގެ ޓީމް ރައްޔިތުންގެ ލާބައާ ސައްހަތައްޓކައި އިސްތިއުފާދީ
ފަހުގެ ހަބަރު