ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ޕާކިސްތާނުގައި އަނެއްކާ ވެސް ޓިކްޓޮކް މަނާކޮށްފި
އައިޝަތު ނާޒް
-
ޕާކިސްތާނުން ޓިކްޓޮކް މަނާކޮށްފައިވަނީ އާންމު މިންގަނޑަށް ނުތެފޭ ކޮންޓެންޓްތައް އޭގައި ހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ބޮޑުވުމާ ގުޅިގެންނެވެ.

ފުރަތަމަ ޓިކްޓޮކް ޕާކޮސްތާނުގައި މަނާކުރީ ބޭއަދަބީ ކޮންޓެންޓް ޓިކްޓޮކްގައި ހުންނަ ކަަމަށް ބުނެއެވެ. އެހެންނަަމަވެސް ދެވަނަފަހަރަށް ހުއްދަދިނީ އެފަދަ ކަންތައްތައް ޓިކްޓޮކުން ހައްލުކޮށް ދޭނެކަމުގެ ޔަގީންކަން ދިނުމެވެ.

ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މި ފަހަރު ޓިކްޓޮކް މަނާކުރަން ނިންމީ އެއާ ގުޅޭ ގޮތުން ޕިޝާވަރު ހައި ކޯޓަށް ހުށަހެޅި މައްސަލައަކަށް ރިއާޔަތްކޮށް ކަމަށެވެ. ކޯޓުން ވަނީ ޕާކިސްޓާނުގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުން ޓިކްޓޮކް ބްލޮކްކުރުމަށް އަމުރުކޮށްފަ އެވެ.

10 މިލޮއަން މީހުން ޕާކިސްތާނުގައި ޓިކްޓޮކް ބޭނުންކުރާއިރު އެގައުމުން ޓިކްޓޮކް ދެވަނަފަހަރަށް މަނާކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގައެެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު