ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފޮޓޯ:ސޯޝަލް މީޑިއާ
ގައިދުރުކަމެއްނެތަސް ވެކްސިންޖެހުމަށް ބިދޭސީންގެ ފަރާތުން ބޮޑު ތަރުހީބެއް
އައިޝަތު ނާޒް
-
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހަމުންގެންދާ ވެކްސިން "ކޮވިޝީލްޑް" ޖެހުމަށް ވެކްސިން ޖަހަމުންދާ އެކި ސަރަހައްދުތަކުގައި ބޮޑު ކިއޫއެއް އޮންނަކަން ފާހަގަކުރެވެއެވެ.

ވަކިން ޚާއްސަކޮށް ބިދޭސީން ފާހަގަކުރެވެއެވެ. ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް މުޅި ރާއްޖެއިން 188،436 މީހަކު ވެކްސިން ޖަހާފައިވެއެވެ. 

ވެކްސިން ޖެހި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 105،836 މީހުން ނެވެ.އަދި އަތޮޅު ތެރެއިން 82،600 މީހަކަށް ވެކްސިން ޖަހާފައިވެއެވެ.

your image

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ. މި ދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން އެފްޑީއޭއިން އެޕްރޫވް ކުރުމާއެކުއެވެ. އޭރު އިންޑިއާއިން ހަދިޔާކުރި ކޮވިޝިލްޑްގެ އެއް ލައްކަ ޑޯޒްގެ ވެކްސިން ހުސްވެފައިވާއިރު، ފަހުން ހަދިޔާ ކުރި އެއް ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރައްޔިތުން ގަޔަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ރާއްޖޭގައި ޖަހާފައި ވަނީ ހަމައެކަނި ކޮވިޝީލްޑް ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު