ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މޯލީ ކިޗަން ރޮބޮޓް (ފޮޓޯ: ދިގާޑިއަން)
ރެސްޓޯރަންޓް ފެންވަރުގެ ކާނާ އެއްވެސް ބުރަކަމެއްނެތި ގޭގައި ހަދާލަންބޭނުންތަ؟
ބިން ޢަބްދުﷲ
-
ކެއްކުމާއި އަދި ކައްކާނިމިގެން ސާފުކޮށް ހެދުމުގެ ބުރައިން ސަލާމަތްވުމަށް ބަދިގެއަށް ބޭނުންވާ ގެޖެޓް މިއޮތީއެވެ. އަގަކީ ގާތްގަނޑަކަށް ރާއްޖޭގެ ހަތަރު ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއްގެ އަގެވެ.

ލަންޑަންގެ ރޮބޮޓް އުފައްދާ ކުންފުންޏަކުން ތައާރަފްކުރި ދުނިޔޭގެ ފުރަތަމަ ރޮބޮޓް ބަދިގެ އާއި ބެހޭގޮތުން އެ ކުންފުނިން ބުނެފައިވަނީ "އެއްވެސް ޝަކުވާއެއްނެތި ކައްކާދީ އަދި ކެއްކުމަށްފަހު ސާފުކޮށްދީ ހަދާނެ" އެވެ.

މޯލީ ގެ ނަމުން ނަންދެވިފައިވާ މި ބަދިގެ ރޮބޮޓް އަކީ ރަޝިއާގެ ހިސާބު އިލްމުވެރިޔެއް އަދި ކޮމްޕިއުޓަރ ސައިންޓިސްޓެއް ކަމަށްވާ މާކް އޮލިނިކް ގެ އީޖާދެކެވެ. ރެސްޓޯރަންޓް ފެންވަރުގެ ކެއުން ކެއުމަށް ދެން ކޮންމެހެން ރެސްޓޯރަންޓްއަކަށް އޯޑަރުދޭކަށް ނުވަތަ ބުރަމަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. މޯލީ ތައްޔާރުކޮށްދޭ ކެއުން ތަކަކީ ރެސްޓޯރަންޓް ފެންވަރުގެ ކެއުންތަކެވެ.

މި ރޮބޮޓްގެ އަގަކީ 248،000 ޕައުންޑެވެ. ދިވެހި ރުފިޔާއިން ނަމަ 5.1 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖެއިން 4 ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓް ތައްް ވެސް ވިއްކަން ޖަހާފައި ހުންނަ އަގެވެ.

މި ރޮބޮޓް އަގުބޮޑުކަމަށް އޮލިނިކް ވެސް ޤަބޫލުކުރެއެވެ. ނަމަވެސް މިރޮބޮޮޓް ގަންނަން ބޭނުންވެގެން މިހާރުވެސް 1،250 މީހުން ހުށައަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

your image(ފޮޓޯ: މޯލީ ރޮބޮޓިކްސް ސައިޓް)

މި ރޮބޮޓް އުފައްދާފައިވަނީ 2011 ގެ ބީ.ބީ.ސީ ގެ މާސްޓަރ ޝެފް ސީރިސް އިން ވަނަހޯދި މަޝްހޫރު ޝެފް ޓިމް އެންޑަރސަންގެ އެހީތެރިކަމާއި އެކުގައެވެ. ރޮބޮޓްގެ ކެއްކުމުގެ ހަރަކާތްތައް ޕްރޮގްރާމް ކޮށްފައިވަނީ، ޓިމް އެންޑަރސަންގެ ކެއްކުމުގެ ޓެކްނިކްތައް ތްރީޑީ ކޮށް ރެކޯޑްކޮށްގެނެވެ.

މި ރޮބޮޓް އިފްތިތާހުކުރުމުގެ ހަފްލާގައި އެންޑަރސަން އާއި އޭނާގެ އެކުވެރި ޝެފުން ވަނީ ރޮބޮޓް މެދުވެރިކޮށް ތަފާތު 30 ކެއުމެއް ތައްޔާރުކޮށް ދައްކާލާފައެވެ.

ކުންފުނިން ބުނާގޮތުގައި ރޮބޮޓް ގެ ޑިޓިޓަލް މެނޫ އިން ކަސްޓަމަރުންނަށް 5،000 އަށްވުރެ ގިނަ ބާވަތުގެ ކާތަކެތި ސެލެކްޓް ކުރެވެނެއެވެ. އަދި ބޭނުންނަމަ އަމިއްލަ ރެސިޕީވެސް ޕްރޮގްރާމް ކުރެވޭނެއެވެ.

ކުރިޔަށް އޮތްތާނގައި މީގެ އަގުހެޔޮ ރޮބޮޓް ބާޒާރަށް ނެރެވޭނެކަމަށް މި ރޮބޮޓް އުފެއްދި ކުންފުނިން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު