ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފެލިވަރު ތަރައްގީކުރާގޮތުގެ ކުރެހުމެއް
ރައީސް ޞާލިހުގެ ފެލިވަރުގެ ހުވަފެން: 2019 އިން ފެށިގެން ވިދާޅުވަނީ ފެށެނީ، ނިމެނީ
ދި ސްޓަރ
-
އިއްޔެއަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހެވެ. ތިރީގައި މިވަނީ ޅ. ފެލިވަރު އިތުރަށް ތަރައްގީކޮށް ކޯލްސްޓޯރޭޖް ބޮޑުކުރުމާ ގުޅޭ ގޮތުން ރައީސް ޞާލިހް އެކިތަންތަނުގައި 2019 އިން ފެށިގެން 20120 ގެ މަސްވެރިންގެ ދުވަހާ ހަމައަށް ދެއްކެވި ވާހަކަފުޅުތަކާ ރައީސް އޮފީހުގެ ޚަބަރުގެ ހުލާސާއެކެވެ. މިއަދު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސްކޮޅު ކިރޭނެ ގޮތެއް ނެތުމެވެ.

7 ފެބްރުއަރީ 2019 (ރިޔާސީ ބަޔާން )

މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުޚާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށޭނެ. އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މިހާރަށްވުރެ މި އަހަރު އިތުރުކުރެވިގެންދާނެ.

ނޯޓް: ފެލިވަރު ކޯލް ސްޓޯރޭޖް ޖާގަ ބޮޑުކުރުމުގެ މަސައްކަތް 2019 ގައި އިތުރު ކުރައްވާނެ ކަމަށް ވިދާޅުވަނީ. އިތުރު ކުރައްވާނެ ވަރެއް ވިދާޅެއް ނުވޭ

10 ޑިސެންބަރު 2019 (މަސްވެރިންގެ ދުވަހުގެ ޖަލްސާ )

މިއަހަރަކީވެސް، ދިވެހި މަސްވެރިކަމުގެ ވަރަށް ފާގަތި އަހަރެއް. މިފްކޯގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މަސް ގަނެފައިވަނީ މި އަހަރުގެ ތެރޭގައި. އެހެންކަމުން، ފެލިވަރު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރުގެ ތެރޭގައި ކުރެވޭނެ

ނޯޓް2019 ގެ ފެބްރުއަރީގައި ފެލިވަރު ކޯލްސްޓޯރޭޖް ބޮޑު ކުރެއްވުމުގެ މަސައްކަތް 2019 ގައި ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު 2019 ވަނަ އަހަރު ނިމެނިކޮށް މަސްވެރިންގެ ދުވަހުގެ ޖަލްސާގައި އަނެއްކާ ވިދާޅުވަނީ ފެލިވަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް 2020 ގައި ކުރެވޭނެ ކަމަށް

ފެބްރުއަރީ 2020 (ރިޔާސީ ބަޔާން )

އެކަން ޙައްލުކުރުމުގެ ގޮތުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެ

ނޯޓް2020 ވަނަ އަހަރު ފެށުމާއެކު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވަނީ ފެލިވަރު ކޯލްސްޓޯރޭޖް ކެޕޭސިޓީ 4000 ޓަނަށް ބަދަލު ކުރުމުގެ މަސައްކަތަށް 2020 ވަނަ އަހަރު އިންވެސްޓް ކުރެވޭނެ ކަމަށް

26 ނޮވެންބަރު 2020 (ފެލިވަރު ދަތުރުފުޅު ރައީސް އޮފީހުގެ ޚަބަރު)

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައެވެ.

ނޯޓް: 2020 ވަނަ އަހަރު ނިމެމުން ދަނިކޮށް ނޮވެންބަރު މަހު ފެލިވަރަށް ވަޑައިގަތުމުން  ރައީސް ބައްލަވާލެއްވުމަށް ފެލިވަރުގައި ކޯލްސްޓޯރޭޖްގެ ކުރެހުމެއް ބަހައްޓާފައި ހުރި ކަމަށް މި ޚަބަރުގައި ބުނޭ

your imageފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ކުރެހުން ބައްލަވާލައްވަނީ

10 ޑިސެންބަރު 2020 ޚިތާބް ( މަސްވެރިންގެ ދުވަހުގެ)


މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މި އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ

ނޯޓް މި އަހަރު ނިމެން 20 ދުވަސް އޮއްވާ ވިދާޅުވެފައި މިވަނީ ފެލިވަރު ކޯލްސްޓޯރޭޖް ބޮޑު ކުރުން ނުވަތަ މަސްރައްކާ ކުރެވޭ މިންވަރު އަންނަ އަހަރު 2021 ގައި ފެށޭނެ ކަމަށް

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
33.333333333333%
ރުޅިއައި
66.666666666667%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު