ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކުޑަކުދިންގެ ހިޔާ. ފޮޓޯ: ވަގުތު
ކުޑަކުދިންގެ ހިޔާއިން އިވުނު އަލިފާނުގެ ވާހަކަ: ހަގީގަތް ސާފުވާންޖެހޭ
ޓީމް ދި ސްޓަރ
-
ޝިދާތާ ޝަރީފް ވަޒީރުކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވީ 6 ފެބްރުއަރީ 2020 ގައެވެ. އެއީ ކޯލިޝަން ސަރުކާރުގައި އަދާލަތުޕާޓީ އަށް އޭރު އޮތް މިނިސްޓްރީއެއް ކަމުން ޝިދާތާއަށް އެމަގާމު ދެއްވީއެވެ.

އިސްތިއުފާ ދެއްވަމުން ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދެއްވުން މުހިންމު ކަމަށާ މަސްލަހަތަށްޓަކައި އިސްތިއުފާ ދެއްވަނީ ކަމަށެވެ. ޒިންމާއަށް އިހްމާލުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. 

އެހެން ނަމަވެސް މަޖިލީހުގައި އޭރު އޮތީ ޝިދާތާ ހުންނެވި މިނިސްޓްރީ ކަމުގައިވާ ޖެންޑަރ މިނިސްޓްރީގެ އިހްމާލު ބޮޑުވެގެން ހިނގާކަންކަން ގިނަ ކަމަށް ބުނެ ކުރަމުންދިޔަ ސުވާލުތަކުގެ ލިސްޓް ދިގުވެގެން ގޮސްފައެވެ. އެދުވަސް މިހާރު ވަނީ މާޒީއާ އެކުވެފައެވެ. 

މިހާރު ހުންނެވީ މުޅިން އެހެން ވަޒީރެކެވެ. މިހާރު ޖެންޑާ ފެމެލީ އެންޑް ސޯޝަލްސެކިއުރިޓީގެ މަގާމުގައި ހުންނެވީ އައިޝަތު މުހައްމަދު ދީދީއެވެ. ވަޒީރުކަން އެކުރައްވަނީ ދެވަނަ ފަހަރަށެވެ. 

ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވާފަ ހުރި އިންޓަވިއުތަކުން ފެނުނު އެއްވާހަކައަކީ ކުޑަކުދިންގެ ހިޔާގެ ދޮރު ރޭގަނޑުވެސް ލައްޕައިފައި ނުބެހެއްޓޭ ހާލަތަށް ތަން ވެއްޓިފައި އޮތްވާހަކައެވެ. ރޭ ގަނޑު އެތަނަށް ނިދަން ނުވަންނަ ކުދިން ތިބި ވާހަކައެވެ. 

އިއްޔެ ވަގުތު އޮންލައިންއިން ރިޕޯޓްކޮށްފައި އޮތީ އެތަނުގައިތިބި ދަރިވަރުންތަކެއް ކެއާވޯކަރެއްގެ ގައިގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކުރި ޚަބަރެކެވެ. އަދި ބައެއް ތަންތަނަށް ގެއްލުންދިން ކަމަށް އެ ޚަބަރުގައި ރިޕޯޓްކޮށްފައިވެއެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލް އެ އޮންލައިނަށް ބުނެފައިވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. އެހެން ނަމަވެސް އެތަނުގައި ތިބި ކުދިބަޔެއްގެ މެދުގައި ކަންތައްތަކެއް ހިނގިކަމަށެވެ. 

ކުޑަކުދިންގެ ހިޔާގައިތިބި ކުދިން އަތޮޅުތެރެއަށް ބަދަލުކުރަން އުޅޭ މައްސަލައާ ގުޅިގެން އެތަނުގައި ތިބި ކުދިންގެ ހިތްހަމަ ނުޖެހުންތަކެއް އޮތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

އައިޝާދީދީއެވެ. ވިސްނުންފުޅާއެކު ކުރިޔަށް ވަޑައިގަންނަވާށެވެ. ކޯލިޝަނެއްގެ ވެރިކަން އޮތަސް ހިންގުން ހަރުދަނާ ނުވާ ވަޒީރުންގެ މަގާމު ގެއްލުމުގެ ފުރުޝަތު އަންނަނީ ބޮޑުވަމުންނެވެ. ޝިދާތާގެ ކަންކަން މަޖިލީހުން އެވަނީ ނިންމާފައެވެ. މި އުފެދޭ މައްސަލަތަކުގައި ދުއްވައިގަންނާނީ މިހާރު ހުންނެވި ވަޒީރުގެ ފަހަތުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު