ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ފެލިވަރުގައި އެސްޓީއޯ އެމްޑީ އަމުރު އަދި ރައީސް
އެސްޓީއޯއާ މިފްކޯ: ގަދަކަމުން ކުރުވި ކައިވެނި މިހާރު ގަދަފަދަ ލޯތްބަކަށް
ޓީމް ދި ސްޓަރ
-
މަޝްހޫރު ލަވަކިޔުންތެރިޔާ ފެންތަށި ހަލީލުގެ " މީ ވީ ގޮތޭ އަދު ބަދަލުވެއްޖެއޭ ޒަމާން" މިލަވަ ދިވެހިންގެ ހިތުގައި ބިންވަޅުނެގިފައިވަނީ 2 ލޯބިވެރިންގެ ދެމެދުގައި ހިނގާދިޔަ ކަންކަން ތިލަވެގެން އައި ލޯބީގެ ލަވަޔެއްގެ ގޮތުގައެވެ.

ކޯލާދެލި އަޅައިގެން ހިންގާ އިންޖީނުތައް ހިންގި ޒަމާނަށް ނިސްބަތްވާ ފެލިވަރު މަސްފެކްޓްރީގެ ބާ މެޝިންތަކާ، ދަބަރަށްވެފައި އޮތް ބޯޓުތަކަކާ، 300 އެތައް މިލޔަން ރުފިޔާގެ ދަރަންޏާއެކު މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރީ ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. އޭރު އެކަން ކުރިގޮތަށް އެކަން އެ އޮންނަނީ އެގޮތަށެވެ. 

ކޯލިޝަނެއްގެ ސަރުކާރެއްގެ ނަންބޯޑު އަޅުވައިގެން ހިނގަމުން އަންނަ މި ސަރުކާރުން އެސްޓީއޯ ހިންގުމަށް ހަވާލު ކުރެއްވީ މެނޭޖިންގ ޑިރެކްޓަރގެ މަގާމާއެކު ހުސެއިން އަމްރުއާއެވެ. 

2020 ވަނަ އަހަރުގެ މާރޗްމަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިޝާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްްޓީއޯ އާ މިފްކޯގެ ގުޅުމަކީ "ގަދަކަމުން ކޮށްފައި އޮތް ކައިވެންޏެއް" ކަމަށެވެ. ސަބަބުތައް ވިދާޅުވެދެއްވިއެވެ. 

އަމްރު ވިދާޅުވީ އެސްޓީއޯއަކީ ފައިދާ ހޯދުމަށް މަސައްކަތްކުރާ ކުންފުންޏަކަށްވާއިރު ކޭސްފުލޯއަށް އެގުޅުމުން އަސަރު ކުރާނެ ކަމަށެވެ. އަދި ދޫކޮށްލާފައި ހުރި ފެން އިސްކުރެއްގެ މިސާލު ޖައްސަވަމުން އަމްރު ވިދާޅުވީ 2019 ވަނަ އަހަރު އެކަނި ވެސް އެސްޓީއިން މިފްކޯއަށް 180 މިލިޔަން ރުފިޔާގެ ތެޔޮ ދޫކޮށްފައިވާނެ ކަމަށެވެ. އޭގެން އެއްވެސް ފައިސާއަކީ އަނބުރާ ވަންނާނެ ފައިސާއެއް ނޫން ކަމަށެވެ. 

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަނީ ފެލިވަރު ބަންދުކުރަން ޖެހޭ ކަމަށެވެ. ބޮޑު ގެއްލުމުގައި އެތައް ހިންގުމުގެ ވިސްނުން ދޫކޮށްލަން ވެއްޖެ ކަމަށާ، އޭގެ ބަދަލުގައި ގޭދޮށު މަސްފެކްޓްރީތަކަށް އެފުރުޝަތު ހުޅުވާލައިގެން މެނުވީ ނަތީޖާ ދެން ނުލިބޭނެ ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރަކުން އެއަޑެއް ނާހައެވެ. އެސްޓީއޯއަށް މިކްފޯއިން ވަމުންދާ ގެއްލުން މިހާރު ފެންނަހެން ހިޔެއް ނުވެއެވެ. ގަދަކަމުން އެސްޓީއޯއާ މިފްކޯ ކުރުވި ކާވެނި މިއަދު މިވަނީ ގަދަފަދަ ލޯތްބަކަށް ބަދަލުވެފައެވެ. 

ފެލިވަރު އިތުރަށް ތަރައްގީކޮށް ބޮޑުކުރާ ވާހަކަތަކެއް ސަރުކާރުން އަންނަނީ 2019 އަހަރުން ފެށިގެން ދައްކަމުންނެވެ. ތިރީގައި މިވާ ލިންކް ހުޅުވާލެއްވުމުން ފެލިވަރު ތަރައްގީ ކުރެއްވުމަށް ރައީސް ޞާލިހް އެކި މުނާސަބަތުތަކުގައި ދެއްކެވި ވާހަކަފުޅުގެ ކުރު ހުލާސާއެއް ފެނިވަޑައިގަންނަވާނެއެވެ. 

ރައީސް ޞާލިހުގެ ފެލިވަރުގެ ހުވަފެން: 2019 އިން ފެށިގެން ވިދާޅުވަނީ ފެށެނީ، ނިމެނީ

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު