ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
މަސްވެރިންތަކެއް. ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން
ބާނާ މަސްކޮޅު ނުކިރޭއިރު، ގައުމުގައި ހަވާ އަރުވާ ހިސާބަކަށް އަދި ނުދޭ
ޓީމް ދި ސްޓަރ
-
ދުނިޔޭގައި އުފެދިފައިވާ އެހެން ގައުމުތަކާ ހިލާފަށް މިގައުމުން ރައްޔިތުމީހާއަށް ރަގަޅު މަންފާއެއް ލިބޭ އެއްމަސައްކަތަކީ މަސްވެރިކަމެވެ. އިއްޔެ ވެސް މިއަދު ވެސް އެކަން އޮތީ އެގޮތަށެވެ. މަސްވެރިކަމުގައި އުޅޭ ފަރާތްތަށް ވަރުބަލިވުމެއް ފޫހިވުމެއް ނެތެވެ. އެކަމަކު އެއްވެސް ސަރުކާރަކަށް މަސްވެރިންގެ ޝަކުވާތަކަށް ނިމުމެއް ނުގެނެވުނެވެ.

މަސްވެރިންގެ ޝަކުވާތައް އަޑުއަހައެވެ. ހައްލު ގެންނާނަމޭ ބުނަނީއެވެ. އެކަމަކު އެކަމެއް ނުކުރެވެއެވެ. 

ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ވެރިކަމުގައި 2019 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ގޮތަށް ފެލިވަރާ މިފްކޯއާ މަސްވެރިންނަށް ލުއިފަސޭހަވާނެހާ ކަމެއް ކުރައްވަން ވިދާޅުވަނީއެވެ. ސަރުކާރުން މަސްގަތުމާ މަހުގެ އުފެއްދުންތައް އުފެއްދުން ހުއްޓާލުމެއް ނެތެވެ. އެކަން ކުރަންވާ ގޮތަށް ނުކުރެވުނަސް ވަރިހަމައެވެ. 

އާންމު ފަރާތްތަކަށް މަސްގަތުމާ މަހުގެ އުފެއްދުންތައް އުފައްދަން ފުރުޝަތުދީފައި ސަރުކާރުން ބޮޑު ކޯލްޑްސްޓޯރޭޖެއް ހަދައި މަސްގަނެ މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވިޔަފާރި އުސޫލުން އެތަން ބޭނުން ކުރަން ހުޅުވާލައި ، ދެން ހުރި ކަންކަމަށް ސަރުކާރުން އިންވެސްޓް ކުރުން މާ ބުއްދިވެރިވާނެ ކަމަށް ބުނާ ކިތައްމެ ބަޔަކު ފެނިއްޖެއެވެ. އެކަމަކު އެވާހަތައް އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ހީވާގޮތުން ސަރުކާރުން މަސްގަނެ މަހުގެ އުފެއްދުންތައް އުފައްދާ އާންމު މީހާއަށް ފުރުޝަތުތައް ފަހިކޮށްދިނުމަށް ފަހު ، ސަރުކާރުން މަސްނުގަނެ ބަލަން އޮތުމަކީ މަސްވެރިޔާގެ ސިޔާސީ ވޯޓު ސަރުކާރަކަށް ގެއްލޭނެ ކަމަކަށް ބަލަނީ ތޯއްޗެކެވެ. 

މިއަދު މަސްވެރިންގެ ޝަކުވާތަކަށް ނިމުން ގެންނަން ބޭނުންވަނީ މިނިސްޓަރު ޒަހާ ވަހީދުގެ ފޯނު ކޯލެއް ނޫނެވެ. މިފްކޯ އެމްޑީޕީގެ 60 މިނެޓްގެ ޓީވީ ޝޯވ އެއް ނޫނެވެ. ރައީސް ޞާލިހްގެ ޚިތާބެއް ނޫނެވެ. މަސްނުކިރިގެން ކިޔުގައި ދޯނިތައް އޮއްވާ ގައުމުގައި ހަވާ އެރުވިޔަސް ހައްލެއް ނެތެވެ. ބޭނުންވަނީ އިހްލާސްތެރިކަމާއެކު ގޭދޮށު މަސްފެކްޓްރީތަކަށް ފުރުޝަތު ދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު