ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ބަންޑާރަ ކިޅި. ފޮޓޯ: ސޯޝަލް މީޑިއާ
ބަންޑާރަކިޅި އިނގެނީ ކިހާ ވަރަކަށް؟
ޓީމް ދި ސްޓަރ
-
ބަންޑާރަ ކިޅި އަކީ ނުވަތަ "ސްޓޭޓް ލޭކް" އަކީ ފުވައްމުލަކު ސިޓީގައި ހެދިފައިވާ ފެންގަނޑެކެވެ.

މި ފެންގަނޑުގެ ބޮޑު މިނުގައި 0.058 ސްްކްއާރ ފޫޓް ހުންނަ އިރު ފުންމިނުގައި ގާތް ގަނޑަކަށް 12 ފޫޓް ހުރެއެވެ. ތާރީޚީ ދިރާސާ ތަކުން އެނގިފައިވާ ގޮތުން މި ފެންގަނޑުގައި ކުރިން އެކި ވައްތަރުގެ މަސްތައް ދިރުވާ އާލާކޮށް ކެއުމަށް ބޭނުންކޮށް އުޅުނު ނަމަވެސް، މިހާރު މި ފެންގަނޑުގައި ދިރިއުޅޭ މަސްތައް ކެެއުމަށް ބޭނުމެއް ނުކުރެއެވެ. 

ބަންޑާރަކިޅިއަށް އިތުރު ފުރިހަމަ ގެނެސްދެނީ އެތަނުގައި ހެދިފައިވާ ގަސްތަކުުންނެވެ. އޭގެ ސަބަބުން އެތަނުގައި ދޫނިތައް ޖަމާވުމުގެ ސަބަބުން އެތަނަށް ޒިޔާރާތް ކުރާ ކޮންމެ ފަރާތަކަށް ވެސް ޤުދުރަތީ ރީތި ހިތްގައިމު މަންޒަރުތައް ފެނިގެންދެއެވެ.

ޒަމާނަށްއައި ބަދަލުތަކާއި ގުޅިގެން މިކިޅި ޒުވާނުންގެ މެދުގައި ވަނީ އިތުރަށް މަޝްހޫރުވެފައެވެ. އެގޮތުން މި ފެންގަނޑު އެކިއެކި ކަންކަމަށް ބޭނުން ކުރެއެވެ. މި ފެންގަނޑުގައި އެކި ބާވަތްތަކުގެ ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި ފޮޓޯ ޝޫޓިނުްތައް ކުރިއަށް ގެންދެއެވެ.

ސޯޝަލް މީޑިއާ ބަލާލި ކަމުގައި ވީ ނަމަވެސް، ފުވައްމުލަކުގެ މި ފެންގަނޑު ބަލާލުމަށް ދާން ބޭނުންވާ މީހުންގެ އަދަދު ފެނެއެވެ. އަދި މިކިޅިއަށް އެރުމަށްފަހު ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާއަށް ޕޯސްޓް ކުރާއިރުވެސް މިކިޅިއަށް އެރުމުން ލިބޭ ހިތްހަމަޖެހުމާއި ގުދުރަތީ ފައިދާތަކުގެ ވާހަކަ ދެއްކުމަކީ އާންމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު