ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ރޭގަނޑުގެ ބަކަމޫނުތަކަށް އުފާވެރި ޚަބަރެއް ލިބިއްޖެ
އައިޝަތު ނާޒް
-
ހެނދުނު ހޭލަން އުދަގޫވުމަށް ތަފާތު ސަބަބުތަކެއް މެދުވެރިވެއެވެ. އޭގެތެރޭގައި ހޯމޯންސް އިންބެލެންސް ވުމާއި، ސަންލައިޓް، އުމުރު، އަދި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތް ހިމެނެއެވެ.

ޚާއްސަކޮށް ރޭގަނޑު މަސައްކަތް ކުރުމުގަޔާއި އެހެނިހެން ކަންކަމުގައި ޝާމިލްވުމަކީ ހެނދުނު ހޭލުމަށް ދިމާވާނެ އެންމެ ބޮޑު އެއް އުނދަގުލެވެ.

ހެނދުނު ހޭލަން ބޭނުންނަމަ މިކަންތައްތައް ފުރިހަމަ ކޮށްލާ

ހެނދުނު ތެދުވުވާ މީހުންނަށް އާންމުކޮށް މިނަންނަމުން މުޚާތަބު ކުރެއެވެ.ފަތިސް ދޫންޏެއް، ހިޔަޅެއް ނުވަތަ ކޯމަހެއްގެ ނަމުންނެވެ. މިއީ ރޭގަނޑު ހޭލާ އުޅޭ ބަކަމޫނުތަކަށް ނުވަތަ ހެނދުނު ހޭލަން އުދަގޫ މީހުންނަށް އުފާވެރި ޚަބަރެކެވެ. ރޫޓިންނަށް ގެންނަ ކުޑަ ބަދަލަކުން ވެސް ދުވަސް އުޖާލާވެ ހަކަތައިން ފުރިގެން ގޮސްދާނެއެވެ. އެގޮތުން އަވަހަށް ރޭގަނޑު ނިދާނަމަ މިކަމަށް ހުރަހެއް ނެތެވެ.

ސޯނާ ގަޑި އެނދުގައި އޮވެ އަތް ނުލެވޭހާ ދުރަށްލާށެވެ. ސަބަބަކީ ގަޑި ސޯނާކުރުމަށް ފަހު ހެނދުނު ހޭލަން އެލާމް ކުރިއަސް ކައިރީގައި ގަޑި ހުރެއްޖެނަމަ ނިއްވާލާފައި ނިދޭނެއެވެ. މިއީ ވަރަށް ގިނަ މީހުން ކުރާކަމެކެވެ. އެހެންކަމުން މިރޭ ނިދުމުގެ ކުރިން ގަޑި ދުރަށްލާން ހަނދާންކުރާށެވެ.

ލޯހުޅުވުމާއެކު ބޮކިތައް ދިއްލާލާށެވެ. ދޮރުފޮތި ވެސް ކަހާލާށެވެ. ގުދުރަތީ އައްޔަކީ ވެސް ނިދި ގެއްލި ހެނދުނުގެ އުޖާލާކަން ގެނެސްދޭ ކަމެކެވެ.

ހެނދުނު ހޭލުމަށް ފަހު ކޮފީއެއް ބޯލާށެވެ. ނުވަތަ މީރު ނާސްތާއެއް ނަގާށެވެ. ހަކަތަ ލިބުމުގެ އިތުރަށް ނިދިވެސް ގެއްލިދާނެއެވެ.

ރަގަޅު ސިއްޚަތަކަށް ކަސްރަތުކުރުން މުހިއްމެވެ. ހެނދުނު ހޭލުމަށް ފަހު ކުޑަ ކޮށް ހިގާލަންދިއުމަކީ ވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. އަދި މުޅިދުވަސް އުޖާލާވާނޭ ވެސް ކަމެކެވެ.

ނިދުމުގެ ތިން ގަނޑި އިރުކުރިން ކާށެވެ.އަދި ޓީވީ މޯބައިލްފޯން ފަދަތަކެއްޗާ ދުރުވާށެވެ. އެއަށް ފަހު ފަނޑު އައްޔެއް ގޭގައި ބަހައްޓާށެވެ.

ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރާލާށެވެ. ސްޓްރެސް ދަށްވެ މީހާ ރިލެކްސްވެ ތާޒާވެގެންދާނެއެވެ. އަދި މީރުވަސް ދުވާއެއްޗެއް ގައިގައި ލާށެވެ. އަދި މަޑު އައްޔެއްގައި ފޮތެއް ކިޔާލާށެވެ. އިރުކޮޅަކުން ނިދިދާނެއެވެ. އެހެން ނަމަވެސް ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަން ހަނދާންކޮށްދެމެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު