ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ގައްބަރު ސިންގ (އަމްޖަދް ޚާން)
ގައްބަރު ސިންގ މަތިން ހަނދާންވައްޏާ ދާންވީ ކޮންތާކަށްކަން އިގޭތަ؟
ފާތިމަތު ނާޒީން
-
ފިލްމް ޝޯލޭ އޭ ބުނުމުން ނުވަތަ ގައްބަރު ސިންގ އޭ ބުނުމުން ނޭގޭނެ ދިވެއްސަކު ވަރަށް މަދުވާނެ އެވެ. 1975 ވަނަ އަހަރު އިންޑިއާގެ ސިނަމާތައް ގުގުމާލި އެންމެ ވަރުގަދަ އެއް ފިލްމަކީވެސް ފިލްމް ޝޯލޭއެވެ.

މި ފިލްމަކީ ސަލީމް ޖޭވްޑް ލިޔެ ރަމޭޝް ސިޕީ ޑައިރެކްޓްކޮށް ޖީޕީ ސިޕީ ޕްރޮޑިއުސްކޮށްފައިވާ އެކްޝަން އެޑްވާންޗަރ ފިލްމެކެވެ. މުޅި ފިލްމަކީ ދެ ކުއްވެރިންގެ މައްޗަށް ބިނާކޮށް ނެރެފައިވާ ފިލްމެކެވެ.ވީރް އަދި ޖައި ގެ ބައި ކުޅެފައިވަނީ ދަރްމަންދްރަ އަދި އަމީތާބް ބައްޗަން އެވެ. އަދި ގައްބަރު ސިންގް (އަމްޖަދް ޚާން) އަތުލައިގަތުމަށް ޕޮލިސް އޮފިސަރެއްގެ ބައި ކުޅެގައިވަނީ ސަންޖީވް ކުމާރްއެވެ. މީނާއަކީ ރިޓަޔާޑް ޕޮލިސް އޮފިސަރެކެވެ.

your image

މުޅި އިންޑިއާގެ އެން މަގްބޫލް ދިހަ ފިލްމްތެރޭގައި ހިމެނޭ ޝޯލޭ އަށްވަނީ 2005 ވަނަ އަހަރު ދިން ފިލްމްފެއަރ އެވޯޑްގައި " 50 އަހަރުވީ އެންމެ މޮޅު ފިލްމް" ގެ ނަންވެސް ލިބިފައެވެ.

ދެން އުފެދޭނެ ސުވާލަކީ މިފިލްމް ކުޅުނީ ކޮންތާކުތޯއެވެ. މިފިލްމްގެ ގިނަ ބައިތަކެއް ކުޅެފައިވަނީ އިންޑިއާގެ ކަރްނާޓަކާގެ ރަމަނަގަރާގައެވެ. އެތަނަކީ ގިނަ އަދަދެއްގެ ބޮޑެތި ބިޔަ ހިލަ ގާތައް ހުންނަ ސަރަހައްދެވެ. 198 މިނިޓްގެ މިފިލްމްގައި ވަރަށް މަޝްހޫރު އަދި އެހާމެ ހިތްގައިމު ލަވަތަކެއްވެސް ހިމެނިފައިވެއެވެ. އޭގެތެރޭގައި "މެހެބޫބާ މެހެބޫބާ ، ޔޭ ދޯސްތީ ހަމްނެހީ ތޯޅެގޭ" ހިމެނެއެވެ.

your image

ކިޔުންތެރިންގެ ހިޔާލު
16.666666666667%
އުފާވި
0%
ދެރަވި
0%
ރުޅިއައި
83.333333333333%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު