ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އިލެކްޝަން ކޮމިޝަން
ކައުންސިލް އިންތިހާބު އަނެއްކާ ވެސް ލަސްވަނީ، ކެނޑިޑޭޓުންނަށް ލިބެނީ މާޔޫސްކަމެއް
ޓީމް ދި ސްޓަރ
-
އިންތިހާބެކޭ ބުނުމުން އެޔަށް ތައްޔާރުވާ އެއްބަޔަކީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކެވެ.

ދެން އިންތިހާބަށް ތައްޔާރުވާނެ އެއްބަޔަކީ އިންތިހާބުގައި ވޯޓުދޭން ތިބި އާންމު ރައްޔިތުންނެވެ. މިހާރު އޮތް ކައުންސިލްތަކުގެ ދައުރުހަމަވެގެން ދިޔަސް 1 އަހަރުތެރޭގައި އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ބާރު ދިނީ ކޮވިޑް19 އާ ގުޅިގެން އިންތިހާބެއް ބޭއްވޭނެ ހާލަތަށް ގައުމު އަންނަންދެން އީސީއަށް ފުރުޝަތު ދިނުމަށެވެ. 

އިލެކްޝަން ކޮމިޝަނުން މިހާރު ބުނާ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީމަހުގެ 5 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބޭއްވުމަށް ހުއްދަ ލިބިގެން ނޫނީ ދެން އިންތިހާބެއް ނުބޭއްވޭނެއެވެ. އެބުނާ ހުއްދައަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމެވެ. 

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބު ފަސްކުރަން ނިންމީ ކުރިންވެސް ދެންނެވުނު ގޮތަށް ކޮވިޑް19 އާ ގުޅިގެންނެވެ. އެގޮތަށް ނިންމި އިރު މަޖިލީހުންވަނީ ސަންސެޓް ގާނޫނެއް ފާސްކޮށްފައެވެ. އެގާނޫނު ބުނާގޮތުން ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭ އިންތިހާބު ބާއްވަންޖެހެއެވެ. އެއްއަހަރުވާނެ ދުވަހަކީ މެއި މަހުގެ 9 ވަނަ ދުވަހެވެ. 

އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލައިގެން ތިބި ބައެއް ކެނޑިޑޭޓުން ނަންނަގާ މަންޒަރެވެ. ނަން އަނބުރާ ނުނެގި ނަމަވެސް ބައެއް ކެނޑިޑޭޓުންގެ ވާހަކަތަކުން ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް އޮތްކަން އެނގުނެވެ. 

އިންތިހާބަށް ކުރިމަތިލީ ކެނޑިޑޭޓަކު ބުނެފައިވަނީ އިންތިހާބު ލަސްވުމަކީ ވަރަށް ބޮޑު ބޮލުގަ ރިހުމެއް ކަމަށެވެ. 

ހިޔާލަށް ވެސް ނާންނާނެ އިންތިހާބު ދިގުދެމިގެން ދިޔުމުން ކުރިމަތިލައިގެން ހުންނަ މީހާ ވެއްޓިގެންދާ ވަޅުގަނޑު. އެނގޭނެ އިންތިހާބަކަށް ކުރިމަތިލުމުން ކަންކަމަށް އެދޭ މީހުންގެ ލިސްޓް ވަރަށް ދިގުވާނެ. ކިހިނެއްތޯ އަބަދު އަނގައިން ހިފަހައްޓާނީ. ކޮށްދޭނެ ކަމެއް ނެތް. އަތުގަ އަބަދަކު އެވަރަށް ލާރިއެއް ނުބެހެއްޓޭނެ

ކައުންސިލް އިންތިހާބާ ގުޅިގެން މިހާރު އިވެނީ އަނެއްކާވެސް ގާނޫނަށް އިސްލާހެއް ގެންނަން ހުށަހަޅާ ވާހަކައެވެ. އަނެއްކާވެސް އިންތިހާބު ލަސްކުރަން ގާނޫނީ ހައްލު އެޔޮށް ހޯދަނީއެވެ. އިންތިހާބު ލަސްވުމާ ގުޅިގެން އަލަށް 18 އަހަރު ފުރުނު ކުދިން އިންތިހާބުގައި ވާދަކުރަން ބޭނުން ވިޔަސް އެފުރުޝަތެއް ވެސް މިހާރު ލިބިދީފައެއްނެތެވެ. ގާނޫނީވަކީލަކު އެމައްސަލަ ކޯޓަށް ހުށަހަޅައިފައި އެބައޮތެވެ. އޭނާ ބުނާ ގޮތުގައި ގާނޫނު އަސާސީން ލިބިދޭ ހައްގެއް ހަނިނުކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
100%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު