ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ތި ހުންނަނީ ކޮންކަހަކަލަ ބަނޑެއްތަ؟ ބަނޑުގެ ވައްތަރުތައް
ޓީމް ދި ސްޓަރ
-
ހުރިޙާ އިންސާނުންނަކީ ވެސް ޤުދްރަތީ ރީތި ސިފަތައް ލިބިގެންވާ ބައެކެވެ.

ނަމަވެސް ކުރިއަރަމުން މިދާ ޒަމާނުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައި މިވަނީ ކެއިންބުއިމަށެވެ. 

ޤައުމު ކިތަންމެ ކުރިއަރާ ދިޔަ ކަމުގައިވީ ނަމަވެސް ދިވެހީން އެކަކު އަނެކަކާއި ބައްދަލުވާ ހިނދު މުޢާމަލާތް ކުރާ ގޮތަށް މާބޮޑު ބަދަލެއް ނާދެއެވެ. އެތައް ދުވަހެއް ފަހުން ރަހްމަތެރިއަކާއި، އާއިލާ މީހަކާއި ނުވަތަ ދަންނަ މީހަކާއި ބައްދަލު ވެވޭ ހިނދު މިހާރު ވެސް އެންމެ ގިނައިން ޙާލު ކިހިނެތް ތޯ އަހާލުމުގެ ބަދަލު ކުރެވޭނީ މިކަހަލަ ސުވާލުތަކެކެވެ.   އޭ، ހާދަ ބޮޑޭ ބަނޑު، ކޯޗެެއްތަ އެވަރަށް ކަނީ؟ ، ވިހަން ރެޑީވެފަތަ؟ ބަނޑަށް ކިތައް މަސް ތަ؟ ކޮން އިރަކުުންތަ ހިކެން މަސައްކަތް ކުރާނީ؟ 

މިގޮތަށް ސުވާލު ކުރުމުން ބައެއް މީހުން ސަމާސާ އެއް ގޮތުގައި ބެލިނަމަވެސް ގިނަ މީހުން، އެ މީހާގެ ސިފައާއި މެދު ލަދުވެތިވެ ފަލަކޮށް ހުންނާތީ ދެރަވެ ހިތާމަ ކުރެއެވެ. އަދި އަމިއްލަ ނަފްސާއިމެދު އޮންނަ ލޯބި ކުޑަވެ ހުންނަނީ ކޮން ކަހަލަ ބަނޑެއްތޯ ފިކުރުކޮށް ނަފްސާއި ސުވާލު ކޮއްލެވެއެވެ. 

ތިރީގައި ބަޔާން ކުރެވިފައި އެވަނީ އެންމެ އާންމު ބަނޑުގެ ވައްތަރުތައް ގޮތުގައި ދިރާސާކުރާ ފަރާތްތަކުން ބުނާބުނުމެވެ. 

1. އެޑްރެނަލް ބެލީ:  އެޑްރެނަލް ބެލީ އެއް ހުންނަ ނަމަ ބަނޑުގެ ބައްޓަން ހުންނާނީ އުނަގަނޑުގެ ދެފަަރާތުން ބަނޑުގެ އަރިމަތީ މަސްތައް ނުކުމެ، ކުރިމައްޗަށް ވައްކޮށް ބަނޑު ފުފިފައެވެ. މި ކަހަލަ ބަނޑުލުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ވިސްނާ ފިކުރު ކުރުމެވެ. އަންހެންނުންނާ ފިރިހެނުން ވެސް މިކަހަލަ ބަނޑު ހުރެއެވެ. އަންހެނުންނަށް ހައިޟުގެ ދުވަސްވަރު މިގޮތަށް ބަނޑުލުން އެކަށީގެންވެއެވެ. އެޑްރެނަލް ބެލީއެއް ހުންނަ ނަމަ ފެންނާނެ މައިގަނޑު އަލާމަތްތަކީ ވަރުބަލިވުން، ބުރަކަށީ ރިއްސުން، ފިކުރު ބޮޑުވުން،  ހަނދާން ބަލިކަށިވުން އަދި ނިދުމުގެ މައްސަލަތައް ދިމާވުމެވެ.

2. އޯވަރީ ބެލީ:  އޯވަރީ ބެލީ ހާއްސަވަނީ އަންހެނުންނަށެވެ. މިވައްތަރުގައި ބަނޑުދަށް ދުޅަވެ ބަނޑު ފުފެއެވެ. އަންހެނުން އޯވަރީބެލީއެއް ލާން މެދުވެރިވާ މައިގަނޑު ސަބަބަކީ ހައިޟުގެ ދުވަސްވަރު ގިނައިން ލޭ އައުމެވެ.  މީގެ އިތުރުން ހޯމޯންއަށް އަންނަ ބަދަލުތަކާއި ވިހެއުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުން ވެސް  އޯވަރީ ބެލީ ލުމަށް މަގުފަހިވެއެވެ. އަދި އޯވަރީ ބެލީ ހުންނަ ނަމަ ފެނިދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި މޫނުގައި އިސްތަށި ގިނަވުން، ބޮލުން އިސްތަށި ފޭބުން، ބޮލުގައި ރިހުން، މޫނުގައި ބިހި ނެގުން އަދި އޯވަރިއަން ސިސްޓް ހުރުން ހިމެނެއެވެ.

3. ލިވާރ ބެލީ : ލިވާރ ބެލީ އަކީ ގިނައިން ފިރިހެނުންލުން އެކަށީގެންވާ ވައްތަރެއްގެ ބަނޑެކެވެ. މި ވައްތަރުގައި ބަނޑު ހުންނާނީ ދެ އަރި މަތިންނާއި ކުރިމައްޗަށްވާ ގޮތަށް ވަރަށް ބޮޑަށް ފުފިފައެވެ. އަަދި މިކަހަލަ ބަނޑު ހުންނަ މީހުން ގެ ދެފައި ހިކިވެފައި ގިނަފަހަރު ބަލިކައްޓެވެ. މި ވައްތަރުގެ ބަނޑުލުމަަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ހެނދުނުގެ ވަގުތު ހަށިގަނޑުގައި ހަކުރުދަށްވުމެވެ. ލިވާ ބެލީއެއް ހުންނަ ނަމަ ފެންނާނެ މައިގަނޑު އަލާމަތަކީ ހަޖަމްކުރުމުގެ ނިޒާމްގައި މައްސަލަ ޖެހުމެވެ. މިކަހަލަ ބަނޑެއް ހުންނަ ނަމަ ކެއުމުގައި ފައިބަރ އާއި ޕްރޮޓީންގެ ބާވަތްތައް ހިމެނުން މުހިއްމެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ފައިދާ ކުރަނިވި އެއްޗެހި ކެއުމަށާއި ކަސްރަތުކުރުމަކީ މުހިއްމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު
100%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު