ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ދަރިފުޅު ހެޑް ބޭންގް ކުރާތީ ކަންބޮޑުވޭތަ؟
އިސްމާއީލް ރިފްޢަތު
-
ބައެއް ކުޑަކުދިން ގަސްތުގައިވެސް ތަންތަނުގައި ބޯތަޅައި ހަދައެވެ. މިއީ ބައެއް މައިންބަފައިން ކަންބޮޑުވުން ފާޅުކުރާކަމެކެވެ. ދޮރު، މޭޒު، ތަޅުންގަނޑު ފަދަ ތަންތަނުގައި ބޯ ޖެހުމަކީ ކުޑަކުދިން އާންމުކޮށް ކޮށްއުޅޭ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 6 ހަމަހުން ފެށިގެން 2 އަހަރާ ދެމެދު ކުޑަކުދިން ހެޑްބޭންގް ކުރުމަކީ ނޯމަލް ބިހޭވިއާއެއް ކަމަށް ދައްކައެވެ.

ހެޑްބޭންގް ކުރަނީކީއްވެ؟ އެކަމަށް ތަފާތުސަބަބުތަކެއްވެއެވެ.

ސަމާލުކަން ހޯދުން

  • ވާހަކަ ރަންގަޅަށް ނުދެއްކޭކުދިން ތަންތަނުގައި ބޯތަޅަނަމަ އޭގެއިން ދޭހަކަކޮށްދެނީ މައިންބަފައިންގެ ސަމާލުކަމެއް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އެގޮތުން ހެޑްބޭންގް ކުރުމުން މައިންބަފައިންގެ ސަމާލުކަން ދަރިފުޅަށް ލިބޭކަން އެގޭނަމަ އަނެއްކާވެސް ސަމާލުކަންހޯދުމަށް އެކަން ތަކުރާރު ކޮށްހަދައެވެ.
  • މިކަން ހުއްޓުވުމަށް ދަރިފުޅު ހެޑްބޭންގް ކުރާތަނުން ދުރުކުރުން ނުވަތަ އެކަން ނުކުރުމަށް ދަރިފުޅުކައިރީގައި ބުނުން ނުވަތަ އެކަމުގެ ސަމާލުކަން ގެއްލުވާލެވޭނެ ފަދަ ކަމެއް ދަރިފުޅަށް ދެއްކިދާނެއެވެ. މިސާލަކަށް ގޭމް ކުޅުން ނުވަތަ ދަރިފުޅާ ސަމާސަކޮށްލުމުންވެސް ބައެއްފަހަރު މިކަން ހުއްޓުވިދާނެއެވެ.

ނިދިއައުން

  • ބައެއް ކުދިން ނިދި އައުމުންވެސް ހެޑް ބޭންގް ކުރެއެވެ. ޑޮކްޓަރުން ބުނާގޮތުގައި ނިދާގަޑީގައި ނުވަތަ ނިދިއައުމުން ދަރިފުޅު ހެޑްބޭންގ ކުރުމަކީ އާންމުކަމެކެވެ. އެކަނި ނިދާ ކުއްޖެއްނަމަ ދަރިފުޅު ހެޑްބޭންގ ކުރާ އަޑު އިވުމުން ކޮޓަރިއަށް ނުވަނުމަށްވެސް ދިރާސާތަކުން ބުނެއެވެ.ސަބަބަކީ އެއީ ނޯމަލް ބިހޭވިއާއަކަށްވެފައި އިރުއިރުކޮޅާ ކޮޓަރިއަށްވަންނަނަމަ ދަރިފުޅަށް ނިދަންއުދަގޫވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި މައިންބަފައިން ކަންބޮޑުވާނަމަ ބޭބީ މޮނިޓަރ އެއް ބޭނުން ކުރެވިދާނެއެވެ.

ހިތްހަމަނުޖެހުން ފާޅުކުރުން

  • ކުރަންބޭނުންވާކަމެއް ނުވަތަ އިހްސާސްތައް އަމިއްލައަށް ކިޔާނުދެވޭ ނުވަތަ ވާހަކަ ނުދެއްކޭ ކުއްޖެއްނަމަ ކުރަންބޭނުންވާ ކަމެއް ނުވުމުން އެކަމާ ހިތްހަމަނުޖެހިވެސް ދަރިފުޅު ބޯ ތަންތަނުގައި ތަޅައެވެ. ދަރިފުޅަށް ކުރަން އުދަގޫވަނީ ކޮންކަމެއްކަން މައިންބަފައިންނަށް އެގޭނަމަ އަދި އެކަން ކުރުމުން ދަރިފުޅު ހިތްހަމަނުޖެހޭނެކަން އެގޭނަމަ ދަރިފުޅު ހެޑްބޭންގ ކުރުމުގެ ކުރިން އެކަންހުއްޓުވިދާނެއެވެ.

ކަންބޮޑުވާންވީ ކިހާހިސާބެއްގައި

  • ހެޑްބޭންގް ކުރުމުގައި ތަދުވާގޮތަށް ނުވަތަ އަނިޔާއެއްވާގޮތަށް އެކަން ކުރާނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަކަށް ދައްކަވާށެވެ. ފަހަރުގައި މިކަމަކީ ކަންފަތުގައި އިންފެކްޝަން ހެދުން، ނުވަތަ ވާހަކަ ދައްކަން ބޭނުންވެ އެކަމަށް އުދަގޫވެގެން ކުރާކަމަކަށްވެސް ވެދާނެއެވެ.
  • ދިރާސާތަކުން ދައްކާ ގޮތުގައި ހަ މަހާއި ދެ އަހަރާއި  ދެމެދުގެ ކުދިން ހެޑް ބޭންގް ކުރުމަކީ މައިލްސްޓޯން އެއްގެ ގޮތުގަޔާއި މޮޓޯ ސްކިލް އެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެކެވެ. އެހެންކަމުން 6 މަހާއި 2 އަހަރާ ދޭތެރޭގައި މިކަން ދަރިފުޅުގެ ފަރާތުން ނުފެންނަނަމަ ޑޮކްޓަރަކަށް ދެއްކުމަށްވެސް ދިރާސާތަކުން ބުނެއެވެ. 
ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
100%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު