ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ހެޖްހޮގް ގެ ހާއްޔަށް ކިޔާނަމަކީ ކޮބައިކަން އިގޭތަ؟
އައިޝަތު ނާޒް
-
ހެޖްހޮގްއަކީ ވައްކޮށް ކުޑަކޮށް މުޅި ގައިގާ ވަށައިގެން ރީދޫ ރޮގު ކަށިފަޅާފައި އޮންނަ ކުޑަ ނިގުލެއްވެސް ހުންނަ 30 ސެންޓި މީޓަރުގެ ޖަނަވާރެކެވެ. އަދި 1.2 ކިލޯހުންނަ ހެޖްހޮގްގެ މޫނު ނިވާވެފައިވަނީ ކުރަކި ގޮތެއް ހުންނަ އިސްތަށިތަކުންނެވެ.

ހެޖްހޮގް އެންމެ ގިނައިން އުޅެނީ އިގިރޭސިވިލާތުގައެވެ. ނިދުމަށްޓައި ހެޖްހޮގް ފީވެ ހަލާކުވެފައިވާ ލަކުޑިގަނޑުތެރޭގަޔާއި ވިނަގަނޑުތެރޭގައި ނިދާހަދައެވެ. ހޫނު މޫސުމުގައި އެސޮރުމެންގެ ގެ ތައްޔާރުކުރުމަށް އުޅެއެވެ. އެކި އެކި ފަތްތަކާއި މޫތަކާއި ވިނަގަނޑު ބޭނުންކޮށްގެންނެވެ.އަދި ރޭގަނޑު ކެއުމަށް އުޅެއެވެ.

އަދި ފިނި މޫސުން ނިމެންދެން އެސޮރުމެން ނިދުމަގައި ހޭދަކުރެއެވެ. އެހެންކަމުން އެސޮރުމެންގެ ހާއްޔަށް ކިޔަނީ "ހައިބަރނެކިއުލާ"އެވެ. އަދި އޯޓަމްގައި ހެޖްހޮގްތައް ކައިބޮއިހަދައެވެ. އަދި ކެއުމުގައި ފެޓް ހުންނަ އަދި ބޮޑަށް އެނާޖީ ހުންނަ ކާނާ ކެއުމަށް ބަލައެވެ. ސަބަބަކީ ފިނި މޫސުމަށް ހަށިގަނޑު ތައްޔާރުކުރުމުގެ ބޭނުމުގައެވެ.

your image

ހެޖްހޮގަކީ ރަގަޅަށް ތަންތަން ނުފެންނަ ޖަނަވާރެއްކަމަކު އެސޮރުމެންގެ އަޑު އިވުމުގެ ހިއްސާއި ވަސްދުވުމުގެ ހިއްސުވެސް އެހާމެގަދައެވެ. ހެޖްހޮގްއަކީ ބާރަށް ދުވެވޭ އެކިތަންތަނުގެ މައްޗަށް އެރޭ އަދި ފަތަންވެސް ދަންނަ ކުޑަކުޑަ ކަށިގިނަ ޖަނަވާރެކެވެ. އަދި އެސޮރުމެންނަށް އަނިޔާއެއްދޭން ނުވަތަ ޝިކާރައަށް އެހެން ޖަނަވާރެއް އަޔަސް ގިނަފަހަރު ސަލާމަތްވަނީ މިކަށިތަކުގެ ސަބަބުންނެވެ.

your image

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު