ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކެބިނެޓް ޖަލްސާއެއް
ކެނބިނެޓްޖަލްސާތަކުގެ އެޖެންޑާގެ މައްސަލަ: އެޖެންޑާއަކީ ކޮޅުފިލާ ގޮނޑިއަކަށް ކިޔާ ނަމެއް ނޫން
ޓީމް ދި ސްޓަރ
-
ތިރީގައި މިވަނީ 2004 ވަނަ އަހަރާ 2005 ވަނަ އަހަރުގެ ކެނބިނެޓް ޖަލްސާތަކުގެ އެޖެންޑާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުމުން އެޖެންޑާއަކީ ދޫކުރެވޭނެ އެއްޗެއް ނޫން ކަމަށް އެ އޮފީހުން ނިންމުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމުގެ ވީޑިއޯ އެވެ.

މި އަޑުއެހުމުގައި މި ނޫހުން ބުނެފައިވަނީ 10 އަހަރު ކުރީގެ ކެނބިނެޓް ޖަލްސާތަކެއްގެ އެޖެންޑާއިން ދޫކުރެވެން އޮތް މިންވަރެއް ދޫކުރެވެން ޖެހޭނެ ކަމަށް ގާނޫނު ބުނާ ކަމަށެވެ.  އަދި މި ނޫހުން މި އަޑުއެހުމުގައި ބުނެފައިވަނީ ކެނބިނެޓް ޖަލްސާގެ އެޖެންޑާއޭ ބުނުމުން އެޖެންޑާ ސާފުނުވެގެން އިތުރަށް ތަފްސީލު ކޮށްދިނުމަށް ރައީސް އޮފީހުން އެދެނީ އެޖެންޑާއަކީ ރައީސް އޮފީހުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއް ކަމަށް ބަލައިގެންތޯ ސުވާލު އުފައްދާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
100%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު