ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
އެއާޕޯޓް މަސައްކަތް ރައީސް ބެއްލެވުން
މައުލޫމާތުދޭންވީމާ ފިލަންދުވާ ސަރުކާރުގެ ކުންފުނިތައް، ތިޔަ ޖަހަނީ ބައިކޮޅަށް ޖަހާ ގޯލެއް
ހުޝާމް މުހައްމަދު
-
އަޅުގަނޑުމެންނަށް ހީވެފައި އޮތީ ކުރީގެ ސަރުކާރުތަކުން ހަދައިފައިވާ ގޯސްތައް މިސަރުކާރާ މިސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ނަހަދާނެ ކަމަށެވެ. އެއީ ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަކުރުމަކީ ކޮރަޕްޝަނާ ވައްކަމާ ދުރަށް ކުންފުނި ގެންދާނެ ކަމެއް ކަމަށް އެންމެން ވެސް ގަބޫލުކުރާތީއެވެ. މި ސަރުކާރަކީ ކޮރަޕްޝަނާ ވައްކަމަށް ދެކޮޅު ސަރުކާރެއް ކަމަށް ބުނާތީއެވެ.

އެހެން ނަމަވެސް ކުންފުންޏެއްގެ ޚަރަދުތަކާ، ކުންފުންޏެއްގެ އިސްމަގާމެއްގައި ހުންނަ މީހަކަށް ލިބޭ މުސާރައިގެ ތަފްސީލެއް ހޯދާލަން ހުށަހަޅާލާއިރަށް " އަޅުގަނޑުމެންނަކީ ސަރުކާރު ކުންފުންޏަކަސް ތިޔަ ގާނޫނަށް އަމަލުކުރަންޖެހޭ ބައެއް ނޫން" މި ޖަވާބު އާންމު ވެއްޖެއެވެ. 

ރަގަޅު ވާހަކައެއް ދަންނަވަންތޯއެވެ. މިއީ ތިޔަ ގޮތަށް ގާނޫނަށް ފިލައިގެން ކުންފުނި ހިންގެން އޮތް ޒަމާނެއް ނޫނެވެ. އަމްދުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމަށާ، ސީއީއޯ އާ އަދި ވެސް އެހެން މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަނީ ދިވެހިރައްޔިތުންނެވެ. ދައުލަތުގެ މާލިއްޔާއަކީ ރައްޔިތުންގެ އެއްޗެކެވެ. އެހެންވީމާ ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދުތަކާ، އަދި ހިންގުމާގުޅޭ ކަންކަން ނިންމާފައި ހުރި ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭނެއެވެ. މުޅި ނިޒާމު އެކޮޅުކޮޅުން ޖަހަން ނަހައްދަވާށެވެ. 

މިއަދު އައިލެންޑް އޭވިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އާ މެނޭޖިންގ ޑިރެކްޓަރެއް އައްޔަނު ކުރައްވައިފައެވެ. އެހެން ނަމަވެސް މައުލޫމާތުހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ބޯނުލަބާނެ ކަމަށް ފުރަތަމަ އިއުލާންކުރި އެއްކުންފުންޏަކީ އައިލެންޑް އޭވިއޭޝަނެވެ. ހުތުރު ވެސް ކަމެކެވެ. އެ ވެސް މައުލޫމާތެއް ހޯދުމަށް ފަރާތަކުން ހުށަހެޅުމުން އެކަމުން ސަލާމަތްވެވޭނެ ކަމަށެވެ.

ދެން އޮތީ އެއާޕޯޓް ކޮމްޕެނީގެ ވާހަކައެވެ. އެތަނުގައި ހުރި ސީއީއޯއަށް ލިބިވަޑައިގަންނަވާ މުސާރައާ އިނާޔަތުގެ ތަފްސީލު ހޯދުމަށް މިނޫހުން ހުށަހެޅުމުން ވެސް ދިން ޖަވާބުގައި ބުނަނީ ތިއީ ހާމަކުރެވޭނެ މައުލޫމާތެއް ނޫންކަމަށާ، މައުލޫމާތުހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކުންފުނިން މައުލޫމާތު ދޭން ނުޖެހޭ ކަމަށެވެ. ހަމަ މައުލޫމާތު ހާމަނުކޮށް ސަލާމަތްވުމަށެވެ. ތިއީ އަމިއްލަ ފަރުދެއްގެ ކުންފުންޏެއް ނޫނެވެ. ތިއީ ސަރުކާރު ސަތޭކަޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ. މައުލޫމާތު ޖެހޭނީ ހާމަ ކުރާށެވެ.  

މިގޮތަށް ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ކިތަންމެ ވަރަކަށް ވެސް ގާނޫނަށް ފިލައިގެން އުޅެން މަސައްކަތް ކުރެވިދާނެއެވެ. އެކަމަކު ކުޅެން ދަނޑަށްއަރާތިބެ ތިޔަޖަހަނީ ބައިކޮޅަށް ގޯލެވެ. އެކަން އެނގޭނީ މެޗުން ބަލިވެގެން ދަނޑުން ފައިބާ ދުވަހަކުންނެވެ. އެކަމަކު އެވެސް ބޮލެއް ހުރި އިންސާނެއް ބުނެދިނީމައެވެ. އޭގެ ކުރިން ވަށައިގެން ހިނގާ އެއްވެސް ކަމެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު