ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ކެބިނެޓު މިނިސްޓަރު ކަމަށް ފުރަތަމަފަހަރަށް އަންހެނަކު އިސްކުރެވުނުތާ މިއަދަށް 44 އަހަރު
އައިޝަތު ނާޒް
-
ރާއްޖޭގެ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓު މިނިސްޓަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިސްކުރެވުނުތާ މިއަދު 44 އަހަރު ފުރުނީއެވެ.

މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމު އޮނަރަބްލް މޫމިނާ ޙަލީމް އަދާކުރެއްވީ 6 ޖަނަވަރީ 1977 އިން 11 ނޮވެންބަރު 1978 އަށެވެ.

އޮނަރަބްލް  މޫމިނާ ޙަލީމަކީ، ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގެން ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރެއްވި ފުރަތަމަ އަންހެން  ބޭފުޅާވެސްމެއެވެ. އަދި އެކަމަނާ ރައްޔިތުންގެ މަޖިލިސްގެ މާލޭ މެންބަރުކަން 1975 އިން 1979 އަށް ކުރައްވާފައިވެއެވެ.

1977ގައި މިނިސްޓަރުކަން ލިބިވަޑައިގެންނެވިއިރުވެސް އެކަމަނާ ހުންނެވީރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ ގޮތުގައެވެ. 

ރައްޔިތުންގެ މަޖިލިސްގައި މާލޭގެ މެމްބަރުންގެ އަދަދު 8 މެމްބަރުންގެ ބަދަލުގައި 2 މެމްބަރުންނަށް ބަދަލު ވުމުންވެސް އޮނަރަބަލް މޫމިނާ ޙަލީމް އިންތިޚާބުވެވަޑައިގެންނެވިއެވެ.

your image

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު