ފުރަތަމަ ސަފުހާ ހަބަރު ރިޕޯޓް މައުލޫމާތު
ސިކުނޑި ކޮންޓްރޯލް ނުކުރެވި ގިނައިން ސްޓްރެސްވަނީ އަންހެނުން، ހައްލު މިއޮތީ
ފާތިމަތު ނާޒީން
-
ސިކުނޑި ކޮންޓްރޯލް ނުކުރެވި ކަންބޮޑުވޭހެއްޔެވެ. ފަހަރުގައި ތިޔަކަމަކީ ލައިފް ޕްލޭންއާއި އެއްގޮތަށް ނުދިއުމުން ކުރަމުންގެންދާ ހިތާމައެއް ކަމުގައި ވެދާނެއެވެ. ނުވަތަ ފިރިމީހާއާއި ދުރުވުމުން އެކަމުގެ ކަންބޮޑުވުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އާއިލީ މައްސަލައަކަށްވެސް ވެދާނެއެވެ. ގިނަފަހަރަށް މިކަމާ ކުރިމަތިލަނީ އަންހެނުން ކަމަށް ދިރާސާތަކުން ދައްކައެވެ.

ބޭކާރު ކަންތައްތަކާއިމެދު ވިސްނާހެދުމަކީ އޭގެ ސަބަބުން ހިތްހަމަނުޖެހުމާއި ސްޓްރެސް ބޮޑުވާ ކަމެކެވެ. މިއީ އާންމުކޮށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން މިހިމަނާލަނީ މިފަދަ ބޭކާރު ކަންތައްތަކުން ސިކުނޑި ނުގާނާ ވާނޭ ގޮތްތަކެކެވެ.

ވިސްނަނީ ކޮންކަންތައްތަކެއްތޯ ބަލައި އެކަންތައްތައް ބަދަލުކުރާށެވެ.

ތިމާ ފިކުރުކުރެވޭ ކަންތައްތައް ބަލައި ދެނެގަންނާށެވެ. ގިނަ މީހުންނަކީ އާންމުކޮށް އެކިއެކި މުނާސަބަތުތަކުގައި އެކިމައްސަލަތައް ދިމާވެ އެކަމާ ކަންބޮޑުވާބައެކެވެ. އެގޮތުން މިކަމަކީ ދިރިއުޅުމުގައި ދިމާވާ މައްސަލައެއްނަމަ އެކަންތަކާ މެދު ވިސްނާހެދުމާ ދުރުވުމަކީ އުދަގޫކަމަކަށްވެދާނެއެވެ.

އެހެންނަމަވެސް އެކި ދުވަސްވަރު ދިމާވާ ހިތްހަމަ ނުޖެހުންތަކަކީ އެވަގުތު ކަންބޮޑުވުންތަކެއް ހުއްޓަސް އަވަހަށް ހަނދާނުން ފިލައިދާނެ ކަންތައްތަކެވެ. ޚާއްސަކޮށް އެއީ ތިމާއާއި ނުބެހޭ ކަމެއްނަމަ އެކަމެއް ހަނދާން ނެތިގެންދާލެއް އަވަސްވާނެއެވެ. ކަންބޮޑުވާން ދިމާވާ ކަންކަމުގައި ހުންނަ ބައެއް އެއްގޮތް ކަނަތަކަށް ބަލާއިރު ކަންކަމާމެދު ނެގެޓިވްކޮށް ދެކުން، އަމިއްލަ ނަފްސައް އޮންނަ އިތުބާރު ކުޑަވުން، އަމިއްލައަށް ނިންމާ ނިންމުންތަކާއި މެދު ސުވާލު އުފެދުން ހިމެނެއެވެ.

ކަންބޮޑުވާ އަދި ބޭކާރު ވިސްނުންތައް ބަލައިގަންނާށެވެ.

ތަހައްމަލް ނުކުރެވޭ ކަމެއް ދިމާވެއްޖެނަމަ އެކަމަކާ ދުރަށް ދިއުމަކީ އިންސާނީ ތޮބިއްޔަތެވެ. އެހެންނަމަވެސް ކަންބޮޑުވާ އަދި ބޭކާރު ވިސްނުންތައް ދުރުކުރުމަކީ މިކަންތައް ކޮންޓްރޯލް ވުމެއްވެސް ނޫނެވެ. އެކަންތައްތަކާމެދު އިތުރަށް ވިސްނޭނީއެވެ. އެހެންކަމުން އޭގެ އިދިކޮޅަށް މަސައްކަތް ކުރާށެވެ. ކަންބޮޑުވާ އަދި ބޭކާރު ވިސްނުންތައް ބަލައިގަންނާށެވެ.

މިސާލަކަށް ބުނާނަމަ ދިރިއުޅުން ބިނާކުރަން އުއްމީދު ކުރިގޮތަށް އެކަން ނުވެ ހިގައިދާނެއެވެ. މިކަން ބަލައިގަތުމަށް މިގޮތަށް ވިސްނާލެވިދާނެއެވެ.

"އެއްވެސް ކަމެއް އުއްމީދު ކުރިގޮތައް ކުރިއަށް ނުދިޔަ. އަދި އަހަރެން ބަދަލުވުމަށް އަހަންނަށް ކުރެވިދާނެ ވަރަށް ގިނަކަންތައްތައް އެބަހުރި އެކަމަކު ގޮތްހުސްވެގެން ދޫކޮށްލުމަކި ދިރިއުޅުން އަލުން އަނބުރާ ކުރިން އޮތްގޮތަށް ރުޖޫޢަ ވާނެކަމެއްވެސް ނޫން. އެއީ ހައްލެއްވެސް ނޫން"

މިގޮތަށް އެކަމެއް ބަލައިގަނެ ގަބޫލްކޮށްފިނަމަ ދެން އެމައްސަލައެއްގެ ހައްލާމެދު ވިސްނޭ ރަގަޅު ގޮތްތައް ފެންނަންފަށާނެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަކީ އެހެންބައެއްގެ ގޯސް އަމަލުގެ ސަބަބުން ދިމާވާކަމެއްނަމަ ނުވަތަ އެބަޔަކު ރަގަޅުކުރަން މަސައްކަތްކޮށް ނުވެ އެންމެފަހުން އެބަޔަކާ ދުރައްދާންޖެހުމަކީ އެއީ ތިމާ އަމިއްލައަށް އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫނެވެ. އަދި ތިމާ ދެން ދަތުރު ފަށަންވީ ދިމާ ނުވަތަ މިސްރާބު ހުއްޓަންވީ ވަގުތެއްވެސް ނޫނެވެ.

މެޑިޓޭޝަން އަކަށް ދާށެވެ.

މިއީ ބޭކާރު ވިސްނުމާއި ކަންބޮޑުވުމަށް އޮތް އެންމެ ރަގަޅު އެއް ހައްލެވެ. ފުރަތަމަ މެޑިޓޭޝަން ފަށާދުވަހު ތަފާތު ނުފެނިދާނެއެވެ. އިށީނދެ، މީހާ ރިލެކްސްވިޔަސްވެސް އެކިއެކި ވިސްނުން އައިސް ތިމާ ވަށާލާނެއެވެ. މިއީ މެޑިޓޭޝަންގެ ކޮންމެހެން އެގެންޖެހޭ ކަންތައްތަކެވެ. ސިކުނޑީގައި ތިވާ ކަންތައްތައް ބަދަލުކުރެވިދާނެއެވެ. އެކަމަކު މެޑިޓޭޝަން ނެގުމުގައި ދެމިހުންނަންޖެހޭނެއެވެ.

މިކަންކުރާނެ ގޮތަކީ އިށީދެއިދެ ކަންބޮޑުވާ ކަންތައްތަކާމެދު ވިސްނާށެވެ. އަދި އެކަންތައް ފާހަގަކުރާށެވެ. އެހެންނަމަވެސް އެކަންތައްތަށް ހަނދާނުގައި ނުބަހައްޓާ ދޫކޮށްލާށެވެ. މިގޮތަށް ކޮންމެފަހަރަކުވެސް މަސައްކަތްކުރާށެވެ. މިގޮތަށް ކަންތައްކުރުމުން ސިކުނޑި ވަށައިގެން އެބުރޭ ބޭކާރު ކަންތައްތައް ކޮންޓްރޯލް ކުރެވޭނެއެވެ. މިގޮތަށް ކަންތައް ކުރަންފެށުމުން ބޭކާރު ކަންކަމާމެދު ކަންބޮޑުވުން މަދުވެ އެކަންތައްތައް ކޮންޓްރޯލް ކުރެވޭނެއެވެ. މީގެ އިތުރުން ނެގެޓިވް ވިސްނުމާއި ސްޓްރެސް ދަށްވުންފަދަ ކަންތަކުންވެސް ސަލާމަތްވާނެއެވެ.

އަމިއްލައަށް ދެކޭގޮތް ބަދަލުކުރާށެވެ.

އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީވެސް މިކަމުގެ ހައްލަކަށްވެދާނެއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސާ ވާހަކަ ދައްކާގޮތަކީވެސް ބަލަންޖެހޭ ކަމެކެވެ.

އަމިއްލަ ނަފްސާ ވާހަކަ ދައްކާއިރު 3 ވަނަ މީހެއްގެ ވިސްނުމުން ވިސްނާށެވެ. މިސާލަކަށް "އަހަރެން ހުރީ ހިތްހަމަނުޖެހިފައި، މިއަށްވުރެ ގިނަކަންތައްތައް ތަހައްމަލްކޮށްފަ މާއުދަގޫ ކަންތައްތައްވެސް ގިރާކޮށްފަ. އެހެންވީމަ މިކަންވެސް ކުރެވިދާނެ"

މީގެ ބަދަލުގައި މިގޮތަށް 3 ވަނަ މީހެއްގެ ވިސްނުމުން ބުނެވިދާނެއެވެ. މިސާލަކަށް "އަހަންނަށް އެގޭ މިވަގުތު ތިހިރީ ވަރަށް ހިތްހަމަނުޖެހިފައިކަން. އެކަމަކު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރީމެއްނު. އަދި އިގޭ އެފަދަކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރާ ގާބިލްކަންވެސް ހުރިކަން."

މިކަންކުރުމަށް ޖެހިލުންވެދާނެއެވެ. އެހެންނަމަވެސް މިއީ މީގެ ސަބަބުން ބައެއް ފައިދާތަކެއްވެސް ހިމެނޭކަމެކެވެ. ފުރަތަމަ ކަމަކަށް ތިންވަނަ މީހަކަށްވެހުރެ އަމިއްލަނަފްސާ ވާހަކަ ދެއްކުމުގެ ސަބަބުން ކަންބޮޑުވުންތަކާއި އިމޯޝަންސްތައް ދުރުވެއެވެ. މިގޮތަށް ތިންވަނަ މީހަކަށްވެހުރެ މައްސަލައިގެ ހައްލާމެދު ވާހަކަ ދެއްކުމުން އަސްލު މައްސަލަ ސިފަވެގެންދާނެއެވެ.

ދެވަނަ ކަމަކަށް ތިންވަނަ މީހަކަށްވެހުރެ ވާހަކަ ދެއްކުމުން ހާލަތު ދެނެގަންނަން ފަސޭހަވެ ބޭކާރު ވިސްނުން އައުމާ ދުރަށް ގެންގޮސް ވިސްނޭގޮތް މާ ބިނާކުރަނިވިކަން އިހްސާސްވާނެއެވެ.

ސިކުނޑީގައި ވަކިން ޚާއްސަ ސުވާލެއް އުފެދޭނަމަ މިސުވާލު އުފައްދާށެވެ. އަހަންނަށް މިހެން އިހްސާސްމިކުރެވެނީ ކީއްވެ؟ މިކަމާމެދު ހިއްދަތިވެ އަހަންނަށް މިކަމުގެ އަސަރުކުރަނީ ކީއްވެ؟ ދެން ތިންވަނަ މީހާގެ ސުވާލު އުފައްދާށެވެ. "(އަމިއްލަނަން) މިގޮތަށް އިހްސާސް ކުރެވެނީ ކީއްވެ؟ މިކަން ދިމާވިއިރު ކުރެވުނު އިހްސާސްތައްކޮބާ؟ 

އަމިއްލައަށް ވިސްނާގޮތް ބަދަލުކުރުން ނުވަތަ އެހެންމީހަކަށްވެހުރެ އަމިއްލަނަފްސާ ވާހަކަދެއްކުމުން ސިކުނޑީގައި އެބުރޭ ބޭކާރުކަންތައްތަކަށް ހައްލު ލިބިދެއެވެ.

ކަންކަމާމެދު ޕޮޒިޓިވްކޮށް ދެކޭށެވެ.

މިއީ މައިންޑްސެޓް ކޮންޓްރޯލް ކުރުމަށް އެހީވެދޭ އެއްކަމެވެ. ޕޮޒިޓިވްކޮށް ދެކުމަކީ ކަމެއް ގޯސްކޮށް ނުވުން ނުވަތަ މައްސަލަ އަޅާނުލާ ދޫކޮށްލުން ނުވަތަ މައްސަލައިގެ ހައްލުތަކާއި މެދު ނިންމުންތައް ނިންމަން ފެއިލް ވުމެއްވެސް ނޫނެވެ. އެއީ ނެގެޓިވްކޮށް ދެކޭ ކަންތައްތައް ޕޮޒިޓިވްކޮށް ބަލައިގަތުމެވެ.

ކަމެއް ނުވާކަމަކަށް ހެދިއަސް އޭގެ އަސްލު ނަތީޖާ ނުފެނިދާނެއެވެ. އެކަމަކު އެކަމެއް ތަކުރާރުނުކުރުން ނުވަތަ ދެކޭގޮތް ބަދަލުކުރެވިދާނެއެވެ. މިސާލަކަށް ބުނާނަމަ "ވިއްސާރަ ދުވަހެއްގައި ސައިކަލް ގައި ރޭސްޖަހަނިކޮށް ކަހާލައިގެން ވެއްޓުން. އެކަމަކު ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ނުވޭ. ހަމައެކަނި ފައިންތަކޮޅެއް ކަނޑައިން ދިޔުން."

މިކަން ހަފްތާތަކެއްވަންދެން ސިކުނޑީގައި ހުރެދާނެއެވެ. ބަލާލުމެއްނެތިވެ ސައިކަލް ދުއްވުނީތީއެވެ. އަމިއްލަ ނަފްސް މިކަމުގައި ބްލޭމްކުރުމުން ކަންބޮޑުވުން ނޫންކަމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ދެން އެފަދަ ރޭހެއްގައި ބައިވެރިވާނަންތޯ ނުވަތަ ބައިވެރިވާނަމަ ވިސްނައިގެންދުއްވުމާމެދު ގޮތެއްނިންމާ އެވިސްނުމާ ދުރުވެވިދާނެއެވެ.

ޚިޔާލީ ދުނިޔެއަކާމެދު ވިސްނާށެވެ.

ޚިޔާލީ ދުނިޔެއެއް އަމިއްލައަށް ސިފަކުރުމަކީ ސިކުނޑި ހަމަޖެއްސުމަށް ބައެއް މީހުން ކުރާކަމެކެވެ. 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި ޚިޔާލީ ދުނިޔެއެއް ސިފަކުރާމީހުން ސްޓްރެސްއާއި އެންޒައިޓީއިން ދުރަށްދެއެވެ.

މިކަންކުރާނެގޮތް

* ފަސޭހަ ތަނެއްގައި ލޯމަރައިގެން އިށީންނާށެވެ.

* މަޑުމަޑުން ނޭވާލާށެވެ. އަދި ޚިޔާލީ ދުނިޔެއެއް ސިފަކުރާށެވެ.

* ޚިޔާލީ ދުނިޔެއަކަށް ގެއްލިއިދެ ސިކުނޑީގައިވެސް ހަމަޖެހުމުގެ ތަސްވީރެއް އުފައްދާށެވެ. ހިތްހަމަޖެހޭ އުފާވާ ކަމަކާމެދު ވިސްނާށެވެ. ކުޑައިރުގެ ހަނދާނެއްކަމުގައިވިޔަސްމެއެވެ.

* ޚީޔާލީ ދުނިޔޭގައި ތި ކުރެހި ތަސްވީރުތަކުގައި އަމިއްލަ ސިފަ ގެންނާށެވެ. އޭގެތެރެއަށް ވަދެގަންނާށެވެ.

* މިގޮތަށް 10-15 މިނިޓް ވަންދެން އިންނާށެވެ.

* އެކްސަސައިޒް ނިންމާލުމަށް ފުން ނޭވާއެއްލުމަށްފަހު ދޫކޮށްލާށެވެ. އަދި މަޑުމަޑުން ލޯ ހުޅުވާލާށެވެ.

* ހާސްވެ ކަންބޮޑުވާ ކަންތައްތައް ލިޔެލާށެވެ.

ހާސްވެ ކަންބޮޑުވާ ކަންތައްތައް ފޮތެއްގައި ލިޔުނަސް މިކަމަށް ވަގުތުން ހައްލެއް ނައިސްދާނެއެވެ. އެހެންނަމަވެސް މިކަންކުރުމުން ލުޔެއް ލިބިގެންދާނެއެވެ. ސްޓްރެސްއާއި ކުރިމަތިލުމަކީ އުދަގޫކަމަކަށްވެސް ވެދާނެއެވެ. އެކަމަކު ފޮތެއްގައި ކަންބޮޑުވާކަންކަން ލިޔުމުން ނުސީދާކޮށްވެސް އެކަންތައްތަކާ ދުރައްދާން މަސައްތަ ކުރާކަން އިހްސާސްކުރެވޭނެއެވެ. ކަންބޮޑުވާ ކަހަލަ ޚިޔާލުތައް ހިތުގައި އުފެދޭނަމަ އެކަންތައްތައް ވާހަކައެއްގެ ސިފައިގައިވެސް ލިޔެވިދާނެއެވެ. އިހްސާސްތައް ގިނަފަހަރު ކިޔައިދިނުމަށްވުރެން ލިޔަން ފަސޭހައެވެ.

ޝައުގުވެރިކަން ގެއްލޭކަންތައްތަކަށް ސަމާލުވާށެވެ.

ކަމެއް ކުރަންފަށާއިރަށް އެކަމަކަށް ހުންނަ ޝައުގުވެރިކަން ގެއްލޭގޮތަށް އެކި ޚިޔާލުތަކުން ސިކުނޑި ފުރޭކަށް ކޮންމެ ފަހަރަކު ބޭނުމެއް ނުވާނެއެވެ. ބައެއް ފަހަރު މަސައްކަތް ކުރަންފަށާއި އަންނަ ޚިޔާލަކީ އެކަމެއް ކުރަން ލިބޭ ރަގަޅު އައިޑިއާއަކަށްވެދާނެއެވެ. އަދި އެއީ އެކަމެއް ކުރުމަށް ލިބޭނެ އިތުރު ހިއްވަރަކާ މަސައްކަތުގެ ފެންވަރުވެސް ރަގަޅުވެދާނެ ޚިޔާލަކަށް ވެދާނެއެވެ. މިސާލަކަށް ބުނާނަމަ ހަވީރު ދުއްވާލަން އުޅެނިކޮށް ވިއްސާރަވުމުގެ ސަބަބުން އެކަން ޕްލޭންކުރިގޮތާ އެއްގޮތަށް ނުވުމުން ކުރިން ނުވެ ހުރި މަސައްކަތްތައް ނިންމުމަށް އަނެއްކާވެސް މަސައްކަތް ކުރެވިދާނެއެވެ. މިސާލަކަށް ގޭތެރެ ފޮޅާ ސާފްކުރުން ފަދަ ކަންތައްތަކަކީ އެފަދަ ވަގުތެއްގައި ކުރެވިދާނެ ކަންތައްތަކެވެ. މީގެ އިތުރުންވެސް ޕޮޒިޓިވް ޑިސްޓްރެކްޝަންގެ ތެރޭގައި އާއިލާއާއި އެކު ވަގުތު ހޭދަކުރުން ، ކަސްރަތުކުރުން، ލަވައެއް އަޑުއެހުން ،ޓީވީބެލުން ފަދަކަންކަން ކުރެވިދާނެއެވެ.

ސްޓްރެސް މެނޭޖްކުރުމަށް މަސައްކަތް ކުރާށެވެ.

ދިރިއުޅުމުގެ ކަންކަން އަމިއްލަ ކޮންޓްރޯލްއިން ނެއްޓުމަކީ އެކަމުގައި ގިނަ ބަޔަކު ސްޓްރެސްވެ ސިކުނޑި ގާނާކަމެކެވެ. ސްޓްރެސް އާއި އެންޒައިޓީއަކީ ބޭކާރު ޚިޔާލުތައް ސިކުނޑިއަށް ވަންނަ ކަންކަމެވެ. އަދި މިކަމަކީ ކަންބޮޑުވެ ހާސްކަން އިތުރު ކުރުވާ ކަންތައްތަކަށްވެސް ވެދާނެއެވެ.

ބައެއް މީހުންނަށް އެއްކޮށް ސްޓްރެސް ނައްތާނުލެވެއެވެ. ތިމާވަށައިގެން ދިމާވާ ކަންތައްތައް އަބަދަކު ކޮންޓްރޯލް ނުކުރެވޭނެއެވެ. އެހެންކަމުން މިހިސާބުން އަމިއްލަ ނަފްސާމެދު އަޅާލަންޖެހެއެވެ. އެގޮތުން ރަގަޅަށް ނިދުމާއި ރަގަޅު ކާނާ ކެއުމާއި އިޖްތިމާއީ ގުޅުން ބޭއްވުމާއި އެހީ ބޭނުންވާ ގަޑީގައި އެހީއަށް އެދުމާއި އަމިއްލަ ހަށިގަނޑު ރިލެކްސް ކޮށްލުމަށް ވަގުތުދިނުން ހިމެނެއެވެ.

ތެރަޕިސްޓަކާ ވާހަކަ ދައްކާށެވެ.

ޑިޕްރެޝަނާއި އެންޒައިޓީ އަދި އޮބްސެޝަންސް ،ކޮމްޕަލްޝަންސް ، މީހުންނާދޭތެރޭ ނެގެޓިވްކޮށް ދެކުމާއި ގިނަދުވަސްވަންދެން ކަމަކާމެދު ހިތާމަކުރާ މީހުންނަށް ފަހަރުގައި މަތީގައި ބުނެދީފައިވާ ކަންތައްތަކަކީ ހައްލުކަމުގައި ނުފެނިދާނެއެވެ. އެހެންކަމުން މިފަދަކަމެއް ތަހައްމަލް ކުރަމުންދާނަމަ ލަސްނުކޮށް އެންމެ ރަގަޅު ގޮތަކީ ޕްރޮފެޝަނަލް ސަޕޯޓް ހޯދުމެވެ. އެގޮތުން ތެރަޕިސްޓަކާ ވާހަކަ ދެއްކުމުން މައްސަލައިގެ ހައްލު ހޯދިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
0%
އުފާވި
0%
ދެރަވި
0%
ރުޅިއައި
0%
މައުލޫމާތު މުއްސަނދިވި
ކޮމެންޓް
ފަހުގެ ހަބަރު